Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ނައިބު ރައީސް ހދ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް އައްސަވައިފި

ނައިބު ރައީސް ހދ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް އައްސަވައިފި

އަހްމަދު އީޒާން
392 ދުވަސް ކުރިން - 18 ޖޫން 2025 15:45
ނައިބު ރައީސް ހދ. އަތޮޅު ކައުންސިލާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ނައިބު ރައީސް ހދ. އަތޮޅު ކައުންސިލާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އެ ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުގެ މެންބަރުން، މުޅި އަތޮޅުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަމާއި އަތޮޅުގެ ވަކިވަކި ރަށްރަށަށް ބޭނުންވާ ކަންކަން ބަޔާންކުރި.

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހދ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި އެ ކައުންސިލްގެ ހުރި ކަންބޮޑުވުންތައް މިއަދު އައްސަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ނައިބު ރައީސް، ހދ. އަތޮޅު ކައުންސިލުގެ މެންބަރުންނާ އެ އޮފީހުގައި މިއަދު ބައްދަލުކުރެއްވި ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުގެ މެންބަރުން، މުޅި އަތޮޅުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަމާއި އަތޮޅުގެ ވަކިވަކި ރަށްރަށަށް ބޭނުންވާ ކަންކަން ބަޔާންކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

Advertisement

Advertisement 1

ރައީސް އޮފީހުން ބުނި ގޮތުގައި، އެ އަތޮޅުގައި ރައްޔިތުންނަށް ފަސޭހަވާނޭ ގޮތަށް ޓޫރިޒަމް ތަރައްގީކުރުމަށް ބޭނުންވާކަމާއި އަތޮޅުގައި ވީހާވެސް އަވަހަކަށް ހައުސިން ޔުނިޓް ގާއިމުކުރުމަށް ބޭނުންވާކަމާއި ހދ. ކުޅުދުއްފުށީ އެއާޕޯޓަށް ބާއްވާ އުދުހުންތައް މަދުވުމުން ދިމާވާ ދަތިތައް މެންބަރުން ފާހަގަކުރެއްވިއެވެ.

ހދ. ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެން، އަތޮޅުގެ ރަށްތަކުގެ ކުނި ނައްތާލުމުގެ ރަނގަޅު ނިޒާމެއް ނެތުމުން ދިމާވާ ދަތިތައް ވެސް އެ ބޭފުޅުން ހިއްސާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން އިގުތިސާދީ ގޮތުން މަންފާ ހޯދުމަށް ބޭނުންކުރުމަށް ހދ. ފަރިދޫ ދޫކޮށްދީ، އަތޮޅުގައި ފަށާފައިހުރި މަޝްރޫއުތައް އަވަހަށް ނިންމައިދިނުމަށް ވެސް އަތޮޅު ކައުންސިލުން އެދުނެވެ. އަދި އެ ކައުންސިލުން މި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ވެސް ދިނެވެ.

ނައިބު ރައީސް ވަނީ ކައުންސިލުން ހުށަހެޅި ހުރިހާ ކަމަކަށް ވެސް ސަމާލުކަން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށްޓަކައި، ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކުރައްވައިގެން ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވުމަށް ނިންމައިފި

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 66 ބޭފުޅަކަށް

12 ގަޑިއިރު ކުރިން - 14:33

"ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި

"ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި

3 ދުވަސް ކުރިން - 18:50

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 12 ގައި ހުޅުވާލަނީ

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަނީ

5 ދުވަސް ކުރިން - 17:02

ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ: ރައީސް

"ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ"

26 ދުވަސް ކުރިން - 16:24

ސަރުކާރުގެ ކުންފުނިތަކުން ރިސޯޓު ތަރައްގީކުރާއިރު ދައުލަތުގެ 45 އިންސައްތަ ހިއްސާ އޮންނަންޖެހޭ ގޮތަށް އާ ގަވާއިދެއް އެކުލަވާލައިފި

ރިސޯޓު ތަރައްގީކުރާއިރު ދައުލަތުގެ %45 ހިއްސާ އޮންނަންޖެހޭ ގޮތަށް ގަވާއިދު އެކުލަވާލައިފި

26 ދުވަސް ކުރިން - 14:48

ދިވެހިބަހާއި ގައުމިއްޔަތާ ބެހޭ ހާއްސަ މުޝީރުގެ މަގާމުން އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި

ދިވެހިބަހާއި ގައުމިއްޔަތާބެހޭ ހާއްސަ މުޝީރުގެ މަގާމުން އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި

36 ދުވަސް ކުރިން - 15:59