ހދ. ހަނިމާދޫގައި ފުޑްސެކިއުރިޓީއަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން އެރަށު ކައުންސިލާއެކު ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާ ކުރައްވާފައިވަނީ ހދ. އަދި ހއ ގެ ބައެއް ރަށްތަކަށް ވަޒީރު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހަނިމާދޫ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައެވެ.
ހަނިމާދޫ ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމުގައި. އެކަންކަން ކުރުމަށް ކައުންސިލަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ވަޒީރާއި ހިއްސާކުރެއްވިއެވެ. އަދި ވުޒާރާއާއި ގުޅިގެން މަސައްކަތްކުރުމާއި ބެހޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
ހއ. އަދި ހދ ގެ ބައެއް ރަށްތަކަށް ވަޒީރު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ، އެރަށްރަށުގައި ކުރިޔަށްގެންދާ ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ބައްލަވައިލައްވައި، އިތުރަށް ކުރެވޭނެކަންކަން ބެއްލެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.