އެޗްޑީސީގެ އާ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކޮށްފި

އަހްމަދު އީޒާން | 6 ގަޑިއިރު ކުރިން - 16 ޖޫން 2025 15:27
އެޗްޑީސީގެ އާ ސްޓްރެޓެޖިކް ޕްލޭން ރަސްމީކޮށް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: އެޗްޑީސީ
އެޗްޑީސީގެ އާ ސްޓްރެޓެޖިކް ޕްލޭން ރަސްމީކޮށް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: އެޗްޑީސީ
ޚުލާސާ

އެޗްޑީސީން އެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލާފައި ވަނީ ޔޫއެންޑީޕީގެ އެހީތެރިކަމާ އެކީގައި.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އާ ސްޓްރެޓެޖިކް ޕްލޭން ރަސްމީކޮށް އިއްޔެ އިފްތިތާހުކޮށްފި އެވެ.

އެޗްޑީސީން ބުނީ މި އާ ސްޓްރެޓެޖިކް ޕްލޭނަކީ އެ ކުންފުނިން ހާމަކަން ބޮޑުކޮށް ޒަމާނީ އުމްރާނީ ތަރައްގީ ގެނައުމަށް މަގުކޮށައި ދޭނެ ޕްލޭނެއް ކަމަށެވެ.

މި ސްޓްރެޓެޖިކް ޕްލޭން އެކުލަވާލާފައި ވަނީ ޔޫއެންޑީޕީގެ އެހީތެރިކަމާ އެކީގަ އެވެ.

އެޗްޑީސީން ބުނީ އެ ޕްލޭންގެ ސަބަބުން އެ ކުންފުނީގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ބޯހިޔާވަހިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.

އެ ޕްލޭނާ ގުޅޭ އިތުރު ތަފްސީލު އެ ކުންފުނީގެ ވެބްަސައިޓުން ލިބޭ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން މިދިޔަ މަހު ވަނީ ހުޅުމާލޭގެ އާ މާސްޓަޕްލޭނެއް ވެސް އިފްތިތާހުކޮށްފަ އެވެ. އަދި އެ ކުންފުނީގެ އާ ވެބްސައިޓެއް ހަދައި, އެ ކުންފުނިން ދޭ ބައެއް ހިދުމަތްތައް ފަސޭހައިން ހޯދޭނެ އިންތިޒާމު އެ ވެބްސައިޓު މެދުވެރިކޮށް ހަމަޖައްސައި ދީފައިވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%