އީރާނަށް ހަމަލާ ދިނުމަށް އިސްރާއީލުން ފޮނުވައިލި މިސައިލެއް އަމާޒުން ކައްސާލައި އަނބުރާ އައިކޮޅަށް އައިސް ޔަހޫދީންނަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
އިސްރާއީލްގެ ނެގޭވް ސަހަރާގައި މި ހާދިސާ ހިނގީ ވައިގެ ދިފާއީ ބެޓެރީން ފޮނުވައިލި މިސައިލް އަނބުރާ އައިސް އޭގައި ޖެހިގެންނެވެ. އެއާއިއެކު ބޮޑު ގޮވުމެއް ގޮވައި، އެ ދިފާޢީ ބެޓެރީ ސިސްޓަމާއި އެ ސަރަޙައްދުގައި ތިބި ތަކެތި ފުނޑުފުނޑުވިއެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މި މައްސަލަ ދިމާވީ މެދުމިނާއި ދުރު ރާސްތާގެ މިސައިލްތައް ހުއްޓުވުމަށް ޔަހޫދީން ބޭނުންކުރާ ވަރަށް އަގުބޮޑު ސިސްޓަމަކަށެވެ. އެއީ އިސްރާއީލަށް އަމާޒުވާ މިސައިލްތައް ވައިގެތެރޭގައި ގޮއްވާލުމުގެ ޤާބިލްކަން ލިބިފައިވާ ޑިފެންސް ސިސްޓަމެއް ނަމަވެސް ޓެކްނިކަލް މައްސަލައެއް ދިމާވެ ސިސްޓަމާއި ދޭތެރޭ އޮތް އިތުބާރު މިހާރު ވަނީ ގެއްލިފައެވެ.
މި ހާދިސާ ހިނގާފައި މިވަނީ އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތައް އެންމެ ބޮޑަށް ޙަރަކާތްތެރިވަމުންދާ ދަނޑިވަޅުގައެވެ. އީރާނުން މިހާރު ވެސް ވަނީ އިސްރާއީލުގެ ވަރަށް ގިނަ ތަންތަނަށް ޙަމަލާދީ ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ.