ކްލަބް ވޯލްޑްކަޕްގެ ތާރީޚްގައި 10 ގޯލު ޖަހައި ބަޔާނުން ރެކޯޑެއް ހަދައިފި

އައިޝަތު އީމާން | 9 ގަޑިއިރު ކުރިން - 15 ޖޫން 2025 02:09
ބަޔާން މިއުނިކްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ.
ބަޔާން މިއުނިކްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ.
ޚުލާސާ

ބަޔާން މިޔުނިކުން އޯކްލެންޑް ސިޓީ ކޮޅަށް 10 ގޯލު ޖެހި މީގެ ކުރިން އަލްހިލާލް އަށް ޖެހުނީ 6 ގޯލް.

ފީފާ ކްލަބް ވޯލްޑް ކަޕްގެ ތާރީހުގައި ވެސް އެންމެ ހިތްދަތިކޮށްލި ނަތީޖާ މިރޭ ފެނިއްޖެެވެ. ބުންޑަސްލީގާގެ ގަދަ ބާރު ކަމަށްވާ ބަޔާން މިޔުނިކުން އޯކްލެންޑް ސިޓީ (1.3 މިލިއަން ޕައުންޑްގެ ސްކޮޑް) ކޮޅަށް 10 ގޯލު ޖެހި އިރު އޯކްލޭންޑުން މެޗު ނިންމައިލީ އެންމެ ގޯލެއް ވެސް ނުޖެހިއެވެ.

ދެވަނަ ހާފުގައި ކުޅެން ނުކުތް ޖަމާލް މުސިއާލާ ހެޓްރިކް އެއް ހެދިއިރު، ކިންގްސްލީ ކޯމަން ވަނީ ދެ ލަނޑު ޖަހާފައެވެ. ބަޔާންއާއެކު އެންމެ ފަހު މުބާރާތް ކުޅޭ ތޯމަސް މިލާ ވެސް ހޯލެއް ޖެހިއެވެ. މިއީ އޭނާ އެ ކްލަބަށް ޖަހައިދިން 250 ވަނަ ގޯލެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުނީ 6-0 އިން 770 މިލިއަން ޕައުންޑްގެ ސްކޮޑް މޮޅުވެގެންނެވެ. މިއީ 2021 ވަނަ އަހަރު އަލް ހިލާލް އިން އަލްޖަޒީރާ ބަލިކޮށްލި ރެކޯޑު ސްކޯއެވެ. ނަމަވެސް ބަޔާނުން ވަނީ ދެވަނަ ހާފުގައި މި ރިކޯޑް މުގުރާލައި އިތުރަށް 4 ގޯލް ޖަހާފައެވެ.

ދެން ބަޔާން އަށް އޮތީ ފަސޭހަ މެޗެއް ނޫނެވެ. އެމީހުން ދެން ނުކުންނާނީ މިމަހުގެ 20 ވަނަ ދުވަހު ބޮކަޖޫނިއާސް އާއި ދެކޮޅަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%