ގދ. ފިޔޯރީ އަދި ވާދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށް ނިމިއްޖެ

އާނާ ފަހީމް | 14 ގަޑިއިރު ކުރިން - 15 ޖޫން 2025 15:48
ގދ. ވާދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ކުރުމުގެ ތެރެއިން/ ފޮޓޯ: އެމްޑަބްލިޔުއެސްސީ
ގދ. ވާދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ކުރުމުގެ ތެރެއިން/ ފޮޓޯ: އެމްޑަބްލިޔުއެސްސީ
ޚުލާސާ

ގދ. ފިޔޯރީ އަދި ވާދޫގައި ރަށުގެ ރައްޔިތުންނަށް ރައްކާތެރި ބޯފެނާއި ނަރުދަމާގެ ޚިދުމަތް ލިބިގެންދާނެހެން ޔަ ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތްތާއި ކޮމިޝަންކުރުމުގެ މަސައްކަތްވެސް ނިންމާލައިފި.

ގދ. ފިޔޯރީ އަދި ވާދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ނިމި، ކޮމިޝަންކުރުމުގެ މަސައްކަތްވެސް ނިންމާލައިފިއެވެ. މި މަސައްކަތްތައް ކުރިއަށް ގެންދިޔައީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިހައުސިން އެންޑް އިންފްރާސްޓްރަކްޗާ، ފެނަކަ އަދި އެމްޑަބްލިޔުއެސްސީގެ ބޭފުޅުންގެ ބައިވެރިވުމާއެކުގައެވެ.

އެމްޑަބްލިޔުއެސްސީން މަޢުލޫމާތު ދިން ގޮތުގައި މި މަޝްރޫޢުތަކުގެ ދަށުން ދެރަށުގައިވެސް ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމްކޮށް، ފެނުގެ މައި ނެޓްވޯކް އަޅައި، ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދީފައިވެއެވެ. މީގެ އިތުރުން، ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި، ބޯހޯލް ތޮރުފައި، ރިޖެކްޓް ލައިން އަޅައި އަދި ފެން ރައްކާކުރުމަށް ފެން ތާންގީ ބަހައްޓާފައިވެއެވެ.

ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ތެރޭގައި، ދެ ރަށުގައިވެސް ނަރުދަމާގެ މައި ނެޓްވޯކްއާއި ޕަމްޕިން ލައިން އެޅުމާއި، ޕަންޕިން ސްޓޭޝަން ގާއިމްކުރުމާއި، ސީ އައުޓް ފޯލް އެޅުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ގުޅައިދީފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ވަނީ ހާމަކޮށްފައެވެ.

މި މަޝްރޫޢުތަކުގެ ދަށުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ދެ ރަށަށްވެސް ފޯރުކޮށްދެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފައިވެއެވެ.

ގދ. ފިޔޯރީ އަދި ވާދޫގެ ފެނާއި ނަރުދަމާ މަޝްރޫޢުތަކަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢުތަކެކެވެ. މި މަޝްރޫޢުތަކަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ހިންގުނު މަޝްރޫޢުތަކެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%