ފުޑް ސެކިއުރިޓީގެ ޤައުމީ މަޝްރޫޢަށް ކޮނޑޭއިން ބިމެއް ދީފި

އަހްމަދު އީޒާން | 2 ދުވަސް ކުރިން - 15 ޖޫން 2025 15:29
ފުޑް ސެކިއުރިޓީގެ މަޝްރޫއެއް ހިންގަ ކޮނޑޭއިން ދޭ ބިން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ
ފުޑް ސެކިއުރިޓީގެ މަޝްރޫއެއް ހިންގަ ކޮނޑޭއިން ދޭ ބިން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ
ޚުލާސާ

ރާއްޖޭގައި ގައުމީ ފެންވަރުގައި ފުޑް ސެކިއުރިޓީ މަޝްރޫއުއެއް ގއ. ކޮނޑޭގައި ހިންގުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއް.

ސަރުކާރުގެ ފުޑް ސެކިއުރިޓީގެ މަޝްރޫއެއް ހިންގަން ގއ. ކޮނޑޭއިން ބިމެއް ހަމަޖައްސައިދީފި އެވެ.

ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން މިއަދު ބުނީ ފުޑް ސެކިއުރިޓީގެ ގައުމީ މަޝްރޫއު ފެށުމަށް ބޭނުންވާ ބިން, ގއ. ކޮނޑޭ ކައުންސިލުން އެ މިނިސްޓްރީއާއި ހަވާލުކޮށްފައިވާ ކަމަށެވެ.

އެ ބިން ހަވާލުކުރުމަށް ދަނޑުވެރިކަމާއި ބެހޭ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އާއި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އަދި ކޮނޑޭ ކައުންސިލުގެ މެންބަރުން ވެސް ބައިވެރިވެވަޑައިގަތެވެ.

ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ކޮނޑޭ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ރަށު ކައުންސިލްގެ ރައީސް އަހްމަދު އަބްދުލްކަރީމެވެ. އަދި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕާމަނަންޓް ސެކްޓަރީ މުހައްމަދު އަނީސެވެ.

ރާއްޖޭގައި ގައުމީ ފެންވަރުގައި ފުޑް ސެކިއުރިޓީ މަޝްރޫއުއެއް ގއ. ކޮނޑޭގައި ހިންގުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%