ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނަކީ ވަރަށް ހީވާގި އަދި ޒިންމާ ބޮޑު މަސައްކަތްތަކެއް ކުރާ ބައެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މި މަހު ބޭއްވި މޯލްޑިވްސް ކަރެކްޝަންސްގެ އޮފިސަރުންގެ ޓްރޭނިން ޕްރޮގްރާމުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އިހުސާން ވިދާޅުވީ ކަރެކްޝަންސްއަކީ ވަރަށް ގިނަ އޮފިސަރުންގެ ބުރަ މަސައްކަތާއެކު ހިންގުން ހަރުދަނާ ވެފައިވާ މުއައްސަސާއެއް ކަމަށެވެ.
އެކަށީގެންވާ ވަރަށް އޮފިސަރުން ރެކްރޫޓް ނުކުރެވުނު ނަމަވެސް ޒިންމާ އަދާކުރުމުގައި އިންތިހާއަށް މަސައްކަތުގެ މާހައުލުގައި ޒިންމާ އަދާކުރާ މުއައްސަސާއެއް ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ރާއްޖޭގެ ޖަލުތަކަކީ ވެސް ދުނިޔޭގެ އެހެން ގައުމުތަކުގެ އެކި ޖަލުތަކާ އަޅާ ބަލާއިރު ފެންވަރު ރަނގަޅު ޖަލުތަކެއް ކަމަށެވެ.
އޭނާ ވިދާޅުވީ ދިމާވާ އެކި ހާލަތްތަކުގައި ވަރަށް މަދުން ނޫނީ ކަރެކްޝަންސްގެ އޮފިސަރުންގެ މައްސަލައެއް ފާހަގަ ނުކުރެވޭ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް އިބްރާހިމް މުހައްމަދު ދީދީ އާއި ޖަލުތަކުގެ ޑައިރެކްޓަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ސީނިޔާ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވި އެވެ.