ކަސްޓަމްސްގެ ނަމުގައި އަންނަ ސްކޭމް މެސެޖްތަކަށް ސަމާލުވޭ!

އާނާ ފަހީމް | 10 ގަޑިއިރު ކުރިން - 15 ޖޫން 2025 12:25
ކަސްޓަމްސް ބިލްޑިންގ / ފޮޓޯ: ޚުލާސާ
ކަސްޓަމްސް ބިލްޑިންގ / ފޮޓޯ: ޚުލާސާ
ޚުލާސާ

ކަސްޓަމްސްގެ ނަމުގައި ދައުރުވަމުންދާ ސްކޭމް މެސެޖްތަކަށް ސަމާލުވުމަށް އެދި އެފަދަ މެސެޖްތަކުގައިވާ ލިންކުތަކަށް ނުވަނުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި

ކަސްޓަމްސްގެ ނަމުގައި ދައުރުވަމުންދާ ސްކޭމް މެސެޖްތަކަށް ސަމާލުވުމަށް އެ އިދާރާއިން ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ. މި މެސެޖްތަކުގައި ކަސްޓަމްސްއަށް ފައިސާ ދެއްކުމަށް ލިންކެއް ހިމަނާފައިވާއިރު، މިއީ ޕޯސްޓުގެ ނަމުގައި ކުރިއަށްދާ ސްކޭމެއްކަން ފާހަގަކޮށްފައިވެއެވެ.

ކަސްޓަމްސްއިން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެމްއެޗްސީއެލް ކިޔާ ނަމެއްގައި ޕޯސްޓުގެ ނަމުގައި މެސެޖްތަކެއް ފޮނުވައިގެން މި ސްކޭމް ހިންގަމުންދާ ކަމަށެވެ. މި މެސެޖްތަކުގައި ބުނެފައިވަނީ ކަސްޓަމްސްއަށް ފީ ދައްކާފައި ނުވާތީ، ޕޯސްޓު މެދުވެރިކޮށް ޖަހާފައިވާ އޯޑަރު ޑެލިވަރ ނުކުރެވޭނެ ކަމަށެވެ.

"ކަސްޓަމްސްއިން އެއްވެސް ޕޭމަންޓެއް ދެއްކުމަށް އެދި ލިންކަކާއެކު އެސްއެމްއެސްއެއް ނުފޮނުވާނެ. އެހެންވީމާ، އެފަދަ ލިންކުތަކަށް ސަމާލުވުމަށް އަޅުގަނޑުމެން އެދެން،" ކަސްޓަމްސްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%