Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކަސްޓަމްސްގެ ގާނޫނީ ޒިންމާތަކަށް ހުރަސްއެޅޭ ގޮތަށް ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފި

ކަސްޓަމްސްގެ ގާނޫނީ ޒިންމާތަކަށް ހުރަސްއެޅޭ ގޮތަށް ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފި

ހުސައިން އިސްމާއިލް
2 ގަޑިއިރު ކުރިން - 4 އޯގަސްޓް 2026 23:01
ކަސްޓަމްސްގެ ސައުތު ރީޖަނަލް ހެޑްއޮފީސް، މިނިސްޓަރު އިހުސާން ހުޅުވައިދެއްވުން؛ ކަސްޓަމްސްގެ “އިމޭޖް”ގެއްލޭ ކަހަލަ ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކޮށްފި.
ކަސްޓަމްސްގެ ސައުތު ރީޖަނަލް ހެޑްއޮފީސް، މިނިސްޓަރު އިހުސާން ހުޅުވައިދެއްވުން؛ ކަސްޓަމްސްގެ “އިމޭޖް”ގެއްލޭ ކަހަލަ ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކޮށްފި.
ޚުލާސާ

ބޯޑަރުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި ބަނދަރުތަކުގައި ގާއިމްކޮށްފައިވާ ޒަމާނީ ވަސީލަތްތައް ބޭނުންކުރަމުންދާ ކަމަށާއި، ކަސްޓަމްސްއަށް ލިބޭ އިންޓެލިޖެންސް މައުލޫމާތާއި ހޯދުންތަކަށް ރިޔާއަތްކޮށް ފިޒިކަލީ ބަލައި ފާސްކުރަންޖެހޭ ފަރާތްތައް ފާސްކުރަމުންދަނީ ކަނޑައެޅިފައިވާ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށްވެސް ބަޔާނުގައިވޭ.

ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުމާއި، ގާނޫނީ މަސްއޫލިއްޔަތުތައް އަދާކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ކުރަމުންދާ މަސައްކަތްތަކާ މެދު ރައްޔިތުންގެ މެދުގައި ޝައްކު އުފައްދައި، ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް އެ މުއައްސަސާއިން ހަރުކަށިކޮށް އިލްތިމާސްކޮށްފިއެވެ.

ކަސްޓަމްސްއިން ނެރުނު ރަސްމީ ނޫސްބަޔާނެއްގައި މިފަދައިން އިލްތިމާސް ކުރީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް އެރައިވަލްގައި ގާނޫނީ ވާޖިބު އަދާކުރަމުންދިޔަ އަންހެން މުވައްޒަފެއްގެ ފޮޓޯއާއި ހަގީގަތާ ހިލާފު ވާހަކަތަކެއް ސޯޝަލް މީޑިއާގައި އާންމުކޮށް، ފިތުނަ އުފެއްދުމަށް ބަޔަކު ކުރި މަސައްކަތްތަކާ ގުޅިގެންނެވެ.

އެ ބަޔާނުގައި ކަސްޓަމްސްއިން ވަނީ، ރާއްޖެއަށް އެތެރެކުރާ މުދަލާއި، ފަސިންޖަރުން އަދި ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރު ބަލައި ފާސްކުރުމަކީ ކަސްޓަމްސް ގާނޫނުގެ ދަށުން އެ ސާވިސްއާ މަތިކޮށްފައިވާ ދައުލަތުގެ އެންމެ މުހިންމު އެއް ޒިންމާކަން ހަނދާންކޮށްދީފައެވެ.

Advertisement

Advertisement 1

ބޯޑަރުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި ބަނދަރުތަކުގައި ގާއިމްކޮށްފައިވާ ޒަމާނީ ވަސީލަތްތައް ބޭނުންކުރަމުންދާ ކަމަށާއި، ކަސްޓަމްސްއަށް ލިބޭ އިންޓެލިޖެންސް މައުލޫމާތާއި ހޯދުންތަކަށް ރިޔާއަތްކޮށް ފިޒިކަލީ ބަލައި ފާސްކުރަންޖެހޭ ފަރާތްތައް ފާސްކުރަމުންދަނީ ކަނޑައެޅިފައިވާ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށްވެސް ބަޔާނުގައިވެއެވެ.

ދިވެހިރާއްޖޭގެ ބޯޑަރު ސަރަހައްދުގައި ގައުމީ ސަލާމަތް ރައްކާތެރިކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކަސްޓަމްސްއިން ކުރަމުންދަނީ ބައިނަލްއަގުވާމީ އުސޫލުތަކާއި ހެދިފައިވާ ގަވާއިދުތަކުގެ އިމުގެ ތެރެއިން ކަމަށް ސަރުކާރުގެ މުއައްސަސާއިން ޔަގީންކޮށްދެއެވެ. އެހެންކަމުން، މުވައްޒަފުންގެ އަގުވެއްޓޭ ގޮތަށް ފޮޓޯ އާންމުކުރުމާއި، ދައުލަތުގެ މުހިންމު މަސައްކަތްތަކާމެދު ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަށް ކުރާ މިފަދަ ނޭދެވޭ އަމަލުތަކުން އެންމެހައި ފަރާތްތަކުން ދުރުހެލިވުމަށް ކަސްޓަމްސްއިން ވަނީ ނަސޭހަތްތެރިވެފައެވެ.

ކަސްޓަމްސް
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ބޯޓެއްގެ ތެރެއިން 2 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

ބޯޓެއްގެ ތެރެއިން 2 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

5 ދުވަސް ކުރިން - 14:40

15,600 ވޭޕް ކާޓްރިޖް އަތުލައިގެންފި؛ މިއީ ރެކޯޑެއް

15,600 ވޭޕް ކާޓްރިޖް އަތުލައިގެންފި؛ މިއީ ރެކޯޑެއް

46 ދުވަސް ކުރިން - 23:02

މާލެ ސަރަހައްދުގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި 21 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި

21 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި

89 ދުވަސް ކުރިން - 21:29

3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއެކު އެއާޕޯޓުން ދެ ބިދޭސީއަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު އެއާޕޯޓުން ދެ ބިދޭސީއަކު ހައްޔަރުކޮށްފި

100 ދުވަސް ކުރިން - 12:25

މިދިޔަ މަހު ދަޅުމަހުގެ ގޮތުގައި ކަޅުބިލަމަހުން 51 މިލިއަން ރުފިޔާ ލިބިއްޖެ

ދަޅުމަހުގެ ގޮތުގައި ކަޅުބިލަމަހުން 51 މިލިއަން ރުފިޔާ

101 ދުވަސް ކުރިން - 14:08

ރާއްޖެ އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓު ކަސްޓަމްސްއިން އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓު އަތުލައިގެންފި

150 ދުވަސް ކުރިން - 13:27

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%