Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

60 ވަނަ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް

60 ވަނަ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް

އައިޝަތު ރުވާ ރިފްޢަތު
356 ދުވަސް ކުރިން - 14 ޖޫން 2025 19:29
މިދިޔަ އަހަރުގެ މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
މިދިޔަ އަހަރުގެ މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މިފަދަ ދުވަސްތައް ރަސްމީކޮށް ފާހަގަކުރުމަކީ މުހިއްމު ކަމެއްކަމަށާއި، މި ކަންކަން އެއް ޖީލުން އަނެއް ޖީލަށް ފޯރުކޮށްދިނުމަކީ އެހާމެ މުހިންމު ހަނދާންތަކެއްކަމަށް ވަޒީރު އާދަމް ނަސީރު ވިދާޅުވި.

މިއަހަރު ފާހަގަކުރާ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއިބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ނަސީރު ވިދާޅުވީ، 60 ވަނަ މިނިވަން ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް އެ ވުޒާރާއިން މުހިއްމު މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. މިގޮތުން މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ތަފާތު ހަރަކާތްތައް މިފަހަރު ކުރިއަށްގެންދަން ހަމަޖެހިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ޤައުމީ ދިފާއީ ބަރުން ކުރިއަށްގެންދާ ހަރަކާތްތަކާއި މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ފުޅަނދުބުރެއްވެސް އޮންނާނެ. އޭގެއިތުރަށް މާލެއާއި ހުޅުމާލޭގައި އިތުރު ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ރޭވިފައި." ވަޒީރު ވިދާޅުވިއެވެ.

Advertisement

Advertisement 1

މީގެއިތުރުން، ޓީވީ އަދި ރޭޑިއޯ މެދުވެރިކޮށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކާއި ޝައުޤުވެރި ޕްރޮގްރާމްތައް އާންމުކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިފަދަ ދުވަސްތައް ރަސްމީކޮށް ފާހަގަކުރުމަކީ މުހިއްމު ކަމެއްކަމަށާއި، މި ކަންކަން އެއް ޖީލުން އަނެއް ޖީލަށް ފޯރުކޮށްދިނުމަކީ އެހާމެ މުހިންމު ހަނދާންތަކެއް ކަމަށެވެ.

"އެބައެއްގެ ތާރީޚް، އެބައެއްގެ ތަރިކަ ނުވަތަ އެބައެއްގެ އަސަރުތައް ޖީލުތަކަށް ވާސިލުވާންޖެހޭ." ވަޒީރު ވިދާޅުވިއެވެ.

60 ވަނަ މިނިވަން ދުވަހު ބޭނުން ކުރާނެ ލޯގޯ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ.

ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 26 ވަނަ ދުވަސް ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރެވެއެވެ. ނަމަވެސް، މިދިޔަ އަހަރު ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން މިނިވަން ދުވަހު ފުޅަނދުބުރާއި، ކުޅިވަރުތަކާއި ރިޝެޕްޝަން ފަދަ ކަންކަން ބޭއްވިފައި ނުވާކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް، މިނިވަން ދުވަހުގެ ޚާއްޞަ ޖަލްސާ އެ އަހަރުވެސް ވަނީ ބާއްވާފައެވެ.

މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް(ކުރީގެ މިނިސްޓަރު) އާދަމް ނަސީރު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހެރިޓޭޖް މިނިސްޓަރު ކަމަށް ހީނާ، ހެލްތު އެންޑް ފެމިލީ މިނިސްޓަރަކަށް ގީލާ

ހެރިޓޭޖަށް ހީނާ، ހެލްތު އެންޑް ފެމިލީއަށް ގީލާ

52 ދުވަސް ކުރިން - 19:21

ދިވެހި ބަހުގެ އެކަޑަމީގެ ފޮތް މައުރަޒެއް އައްޑޫގައި ކުރިއަށްދަނީ

ދިވެހި ބަހުގެ އެކަޑަމީގެ ފޮތް މައުރަޒެއް އައްޑޫގައި

112 ދުވަސް ކުރިން - 12:57

އުސްގެކޮޅު މިއުޒިއަމަކަށް ބަދަލު ކުރުމުގެ މަސައްކަތް އެފްޑީސީން ފަށައިފި

އުސްގެކޮޅު މިއުޒިއަމަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

125 ދުވަސް ކުރިން - 23:21

ހެޔޮ ވެރިއެއްގެ ކިބައިގައި އަމާނާތްތެރިކަމާއި އަދުލުވެރިކަން ގާއިމުކުރުމުގެ ގާބިލުކަން ހުންނަންވާނެ: އާދަމް ނަސީރު

ހެޔޮ ވެރިއެއްގެ ކިބައިގައި އަދުލުވެރިކަމުގެ ގާބިލުކަން ހުންނަންވާނެ!

207 ދުވަސް ކުރިން - 13:48

ތަރިކަ ދިރާސާކުރުމުގެ ދާއިރާއިން މަތީ ތައުލީމަށް 40 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި

ތަރިކަ ދިރާސާކުރުމުގެ ދާއިރާގެ ސްކޮލަޝިޕް ފުރުސަތުތަކެއް!

267 ދުވަސް ކުރިން - 21:49

ވާހަކަ ދެއްކުމުގެ 28 ވަނަ ގައުމީ މުބާރާތް ފަށައިފި

ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތް ފަށައިފި

276 ދުވަސް ކުރިން - 17:35