ޑައިވިނަށް ދިޔަ ޖަޕާނުގެ ޓޫރިސްޓަކު މަރުވެފައި އޮއްވާ ފެނިއްޖެ

އަހްމަދު އީޒާން | 18 ގަޑިއިރު ކުރިން - 13 ޖޫން 2025 19:11
ޑައިވިނަށް ފައިބާ އުޅެނިކޮށް ގެއްލުނު ޓޫރިސްޓު މީހާ ހޯދުމުގެ މަސައްކަތް ސިފައިން ކުރަނީ. / ފޮޓޯ: އެމްއެންޑީއެފް
ޑައިވިނަށް ފައިބާ އުޅެނިކޮށް ގެއްލުނު ޓޫރިސްޓު މީހާ ހޯދުމުގެ މަސައްކަތް ސިފައިން ކުރަނީ. / ފޮޓޯ: އެމްއެންޑީއެފް
ޚުލާސާ

އޭނާގެ ގެއްލިގެން ސިފައިންނަށް ރިޕޯޓްކުރީ މިއަދު ހެނދުނު 10:00 ހާއިރު.

ޑައިވިނަށް ދިޔަ ޖަޕާނުގެ ޓޫރިސްޓަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ. 

އޭނާ މަރުވެފައިވާ އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށެވެ.

އެމްއެންޑީއެފުން ބުނީ ކ. މާފުށީ ކައިރީގައި އޮންނަ ކަނޑޫމާތިލަ ކައިރިއަށް ގެއްލުނު ޓޫރިސްޓު މީހާ، ސިފައިންފެ މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން މިއަދު ހަވީރު 5:17 ހާއިރު ނަގާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، އޭނާ މޫދުން ނެގިއިރު ވެސް އޮތީ މަރުވެފައެވެ. އެއީ 26 އަހަރުގެ ފިރިހެނެކެވެ.

ޑައިވިނަށް ފައިބާ އުޅެނިކޮށް އޭނާ ގެއްލިގެން ސިފައިންނަށް ރިޕޯޓްކުރީ މިއަދު ހެނދުނު 10:00 ހާއިރެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%