ހުޅުމާލޭގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން މާރާމާރީ ހިންގި ދެ މީހަކު ހައްޔަރުކޮށްފި

އާނާ ފަހީމް | 1 ދުވަސް ކުރިން - 12 ޖޫން 2025 19:36
މަގުމަތީގައި ޓްރެފިކް ޕޮލިހަކު ޙަރަކާތްތެރިވަނީ: މިއަދު ހުޅުމާލޭގައި ހިނގި އެކްސިޑެންޓަކާއި ގުޅިގެން ބަޔަކު މާރާމާރީ ހިންގި މައްސަލަ ދަނީ ތަޙުޤީޤު ކުރަމުން.
މަގުމަތީގައި ޓްރެފިކް ޕޮލިހަކު ޙަރަކާތްތެރިވަނީ: މިއަދު ހުޅުމާލޭގައި ހިނގި އެކްސިޑެންޓަކާއި ގުޅިގެން ބަޔަކު މާރާމާރީ ހިންގި މައްސަލަ ދަނީ ތަޙުޤީޤު ކުރަމުން.
ޚުލާސާ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓަކާއި ގުޅިގެން މަގުމަތީގައި މާރާމާރީ ހިންގި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ނަސޭހަތް ދިނުމަށްފަހު ދޫކޮށްލައިފި.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓަކާއި ގުޅިގެން މަގުމަތީގައި މާރާމާރީ ހިންގި ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިއަދު މެންދުރުގެ ވަގުތެއްގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި މި ހާދިސާ އާއި ގުޅިގެން މަގުމަތީގައި މާރާމާރީ ހިންގި ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ނަސޭހަތް ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ދައްކާ ގޮތުން، ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓަކާއި ގުޅިގެން ދެފިރިހެނުން ވަނީ މަގުމަތީގައި މާރާމާރީ ހިންގާފައެވެ. އަދި ވީޑިއޯ އާންމުކުރި ފަރާތުން ތުހުމަތުކޮށްފައިވަނީ މާރާމާރީ ހިންގި އެކަކީ އެކްސިޑެންޓްވި ޓެކްސީގެ ޑްރައިވަރު ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%