Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޑެންމާކުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު މަގާމުގެ ފަތްކޮޅު ރައީސަށް އަރުވައިފި

ޑެންމާކުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު މަގާމުގެ ފަތްކޮޅު ރައީސަށް އަރުވައިފި

އަހްމަދު އީޒާން
408 ދުވަސް ކުރިން - 12 ޖޫން 2025 16:08
ޑެންމާކުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު މަގާމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެރުވުން. / ފޮޓޯ: ރައީސް އޮފީސް
ޑެންމާކުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު މަގާމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެރުވުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގައި ޑެންމާކް ސަރުކާރުން ފޯރުކޮށްދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށްޓަކާ ރައީސް ޝުކުރު އަދާކުރެއްވި.

ޑެންމާކުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު މަގާމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު އަރުވައިފިއެވެ.

ރައީސް އޮފީހުން ބުނީ ޑެންމާކު ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އާ ނޮން-ރެސިޑެންޓް ސަފީރު ރަސްމުސް އެބިގޯޑް ކްރިސްޓެންސެން އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުއިއްޒަށް މިއަދު އަރުވާފައިވާ ކަމަށެވެ.

އެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

Advertisement

Advertisement 1

ރައީސް އޮފީހުން ބުނީ އާ ސަފީރާ އެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށާއި ހާއްސަ ގޮތެއްގައި އިގުތިސާދާއި މޫސުމީ ނޭދެވޭ ބަދަލުތަކާ އަދި އިޔާދަކުރުވަނިވި ހަކަތައިގެ ދާއިރާއަށް އަލިއަޅުއްވާލެއްވި ކަމަށެވެ.

ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގައި ޑެންމާކް ސަރުކާރުން ފޯރުކޮށްދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށްޓަކާ ރައީސް ޝުކުރު އަދާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ޑެންމާކަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރާތްކުރާ ގައުމެއްކަން ފާހަގަކުރައްވައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުން، އެ ސެކްޓަރު އިތުރަށް ފުޅާވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ރައީސް ވިދާޅުވި ކަމަށެވެ.

ރާއްޖެ އާއި ޑެންމާކާ ދެމެދުގައި ހާރިޖީ ގުޅުން ގާއިމްކުރީ، 8 ނޮވެމްބަރު 1982 ގައެވެ.

ޑެންމާކްރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ތިލަފުށީގައި ޕޯޓު ތަރައްގީކުރުން: ކުރީ ސަރުކާރުތަކުން ދެއްކީ ހުސް ވާހަކަ، އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ޕޯޓު ހުޅުވާނަން: ރައީސް

އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ގާއިމްކުރާ ޕޯޓު ހުޅުވާނަން: ރައީސް

17 މިނެޓު ކުރިން - 12:47

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

37 މިނެޓު ކުރިން - 12:27

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

17 ގަޑިއިރު ކުރިން - 20:04

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

2 ދުވަސް ކުރިން - 17:24

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ނިންމަވައިފި

3 ދުވަސް ކުރިން - 10:08

ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޑޮމިނިކަން ރިޕަބްލިކްގެ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްމްހޫރިއްޔާ އަށް އަރުވައިފި

3 ދުވަސް ކުރިން - 15:22