ޒިމްބާބްވޭއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު މަގާމުގެ ފަތްކޮޅު ރައީސަށް އަރުވައިފި

އަހްމަދު އީޒާން | 3 ދުވަސް ކުރިން - 12 ޖޫން 2025 16:05
ޒިމްބާބްވޭއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު މަގާމުގެ ފަތްކޮޅު ރައީސަށް އަރުވަނީ. / ފޮޓޯ: ރައީސް އޮފީސް
ޒިމްބާބްވޭއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު މަގާމުގެ ފަތްކޮޅު ރައީސަށް އަރުވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ޒިމްބާބްވޭގެ އާ ސަފީރު މަގާމުގެ ފަތްކޮޅު އެރުވުމުން އާ ސަފީރަށް ރައީސް މަރުހަބާ ވިދާޅުވި.

ޒިމްބާބްވޭއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު މަގާމުގެ ފަތްކޮޅު ރައީސަށް މިއަދު އަރުވައިފިއެވެ.

ރައީސް އޮފީހުން ބުނީ ޒިމްބާބްވޭގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި ނޮން-ރެޒިޑެންޓް ސަފީރު ސްޓެލާ ނޮކޮމޯ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު އަރުވާފައިވާ ކަމަށެވެ.

އެ ރަސްމިއްޔާތަށް، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާ އެކު ހިންގަވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ޒިމްބާބްވޭގެ އާ ސަފީރު، ރައީސަށް މަގާމުގެ ފަތްކޮޅު އެރުވުމުން އާ ސަފީރަށް ރައީސް މަރުހަބާ ވިދާޅުވި ކަމަށެވެ.

އާ ސަފީރާއެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ގައުމުން މަސްލަހަތު ހިއްސާކުރާ ކަންކަމާ މެދުގައި މަޝްވަރާކުރައްވަމުން ސަފީރު ވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ހުރި ފުރުސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ފަތުރުވެރިކަމުގެ ދާއިރާއިން ފަންނީ މައުލޫމާތު ހިއްސާކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމާއެކު، އިގުތިސާދީ ގޮތުން ގުޅުންބަދަހިކުރެވެން ހުރި ފުރުސަތުތައް ފުޅާކުރުމަށް ގަސްދުކުރައްވާކަން ދެ ބޭފުޅުން ވެސް ވިދާޅުވި ކަމަށެވެ.

ރާއްޖެ އާއި ޒިމްބާބްވޭއާ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރީ 7 ޖެނުއަރީ 1987 ގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%