Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ދިގުރަށުގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ދިގުރަށުގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

އަައިޝަތު ޒީނާ
446 ދުވަސް ކުރިން - 11 ޖޫން 2025 15:52
ދިގުރަށުގައި ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ޕްރޮގްރާމް. / ފޮޓޯ: ފަތުތުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާ
ދިގުރަށުގައި ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ޕްރޮގްރާމް. / ފޮޓޯ: ފަތުތުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާ
ޚުލާސާ

ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ބުނީ މި ޙަރަކާތް ރާވައި ހިންގީ ދިގުރަށު ކައުންސިލާއި ރަށުގެ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ އެހީތެރިކަމާއެކުގައި ކަމަށް.

އދ. ދިގުރަށުގައި ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަދި ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ގަސް އިންދުމުގެ ޚާއްޞަ ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ބުނީ މި ޙަރަކާތް ރާވައި ހިންގީ ދިގުރަށު ކައުންސިލާއި ރަށުގެ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ އެހީތެރިކަމާއެކުގައި ކަމަށެވެ.

މި ޙަރަކާތުގައި ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވި ކަމަށްވެސް ވުޒާރާއިން ބުންޏެވެ.

Advertisement

Advertisement 1

ދިގުރަށު ކައުންސިލްގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، މި ޙަރަކާތަކީ ދިގުރަށުގެ ތިމާވެށި ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ ޤައުމީ ފެންވަރުގައި ކުރިއަށްދާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން ކުރެވޭ މަސައްކަތެއް ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ތިމާވެށީގެ ދުވަހާ ގުޅުވައިގެން މިފަދަ ޙަރަކާތެއް ބޭއްވުމަކީ ރަށުގެ ރައްޔިތުންނަށް ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަން ހަނދާންކޮށްދިނުމުގެ ރަނގަޅު ފުރުޞަތެއް ކަމުގައި ބައިވެރިން ފާހަގަކުރިއެވެ.

ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންއދ. ދިގުރަށް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އާ ޓޫރިސްމް ޕޮލިސީތަކާއެކު ރާއްޖެއަށް އޮތީ ކުރިއެރުންކަމުގައި ބައްސާމް އާދަމް ވިދާޅުވެއްޖެ

އާ ޓޫރިސްމް ޕޮލިސީތަކާއެކު ރާއްޖެއަށް އޮތީ ކުރިއެރުންކަމުގައި ބައްސާމް އާދަމް ވިދާޅުވެއްޖެ

8 ދުވަސް ކުރިން - 17:46

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30،000 ފަތުރުވެރިން!

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30,000 ފަތުރުވެރިން!

9 ދުވަސް ކުރިން - 21:15

އަހަރުގެ މިހާތަނަށް 1.3 މިލިއަން ފަތުރުވެރިން، މިއީ 4.1 އިންސައްތަ އިތުރުވުމެއް

އަހަރުގެ މިހާތަނަށް 1.3 މިލިއަން ފަތުރުވެރިން، މިއީ 4.1 އިންސައްތަ އިތުރުވުމެއް

18 ދުވަސް ކުރިން - 12:35

އިތޯޕިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އިތޯޕިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

41 ދުވަސް ކުރިން - 13:55

ދިގުރަށް ކައިރިއަށް ސިންގަޕޫރުގެ ކުއްޖާގެ މަރުވި މައްސަލައިގައި ސްކޫލާއި ދެކޮޅަށް އެ ޤައުމުގެ ކޯޓަށް މައްސަލަ ހުށަހަޅައިފި

ދިގުރަށް ކައިރިއަށް ސިންގަޕޫރުގެ ކުއްޖާގެ މަރުވި މައްސަލައިގައި ސްކޫލާއި ދެކޮޅަށް ދައުވާއުފުލައިފި

41 ދުވަސް ކުރިން - 09:23

ސަރުކާރުތަކުން ހާމަނުކުރި ޓޫރިޒަމް ސްޓެޓިސްޓިކްސް މިސަރުކާރުން ހާމަކުރަން ފަށައިފި

ސަރުކާރުތަކުން ހާމަނުކުރި ޓޫރިޒަމް ސްޓެޓިސްޓިކްސް މިސަރުކާރުން ހާމަކުރަންފަށައިފި

121 ދުވަސް ކުރިން - 13:26