ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ފަރާތުން "އިންޓަރނޭޝަނަލް ކޮންފަރަންސް: އިންޖީނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ ފޮރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް 2025 (އައި.ސީ.އީ.އެސް.ޓީ)ގެ ނަމުގައި ކޮންފަރަސެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަށްގެންދާ މި ކޮންފަރަންސްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް www.ices.mnu.edu.mv ލިންކު މެދުވެރިކޮށް ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
މި ކޮންފަރަންސް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 1 އަދި 2 ވަނަ ދުވަހުގައި އެމްއެންޔޫގައި ކަމަށް އެ ޔުނިވަރސިޓީން މަޢުލޫމާތުދީފައިވެއެވެ.
މި ކޮންފަރެންސާގުޅޭ އިތުރު މަޢުލުމާތު ހޯދުމަށް [email protected] އަށް އީ-މެއިލް ކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށްވެސް އެ ޔުނިވަރސިޓީން ބުނެފައިވެއެވެ.