ފުވައްމުލަކުގައި ރޭ މާރާމާރީއެއް ހިންގާ މީހަކު ޒަހަމްކޮށްލައިފި

އަހްމަދު އީޒާން | 5 ދުވަސް ކުރިން - 11 ޖޫން 2025 12:48
ފުވައްމުލައް: އެ ރަށުގައި މާރާމާރިއެއް ހިންގާ މީހަކު ވަނީ ޒަހަމްކޮށްލައިފައި / ފޮޓޯ: ޕެލާޖިކް ޑައިވާސް ފުވައްމުލައް
ފުވައްމުލައް: އެ ރަށުގައި މާރާމާރިއެއް ހިންގާ މީހަކު ވަނީ ޒަހަމްކޮށްލައިފައި / ފޮޓޯ: ޕެލާޖިކް ޑައިވާސް ފުވައްމުލައް
ޚުލާސާ

އެ މާރާމާރީގައި ޒަހަމްކޮށްލާފައި ވަނީ އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނެއް.

ފުވައްމުލަކުގައި ރޭ މާރާމާރީއެއް ހިންގާ މީހަކު ޒަހަމްކޮށްލައިފިއެވެ 

ފުލުހުން މިއަދު ބުނީ އެ މާރާމާރީ ހިނގާފައި ވަނީ ރޭ 8:54 ހާއިރު ކަމަށެވެ. އަދި އެ މާރާމާރީގައި ޒަހަމްކޮށްލާފައި ވަނީ އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތެރެއިން ބޭރުފުށުން ފެންނަން ހުރި އަނިޔާގެ ތެރޭގައި ނޭފަތާއި އަނގަމަތި ފަޅާއިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާގެ ކަނާތު ކޯމަތި ދުޅަވުމުގެ އިތުރުން ކުދި އެހެން އަނިޔާތައް ލިބިފައިވާ ކަމަށެވެ.

އިތުރު ފަރުވާއަށް އޭނާ މިހާރު އައްޑޫއަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ. އަދި މައްސަލަ ތަޙުޤީޤުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%