ދިވެހީންގެ އުފާވެރިކަން މިންކުރުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފަށަނީ

އަހްމަދު އީޒާން | 1 ދުވަސް ކުރިން - 10 ޖޫން 2025 23:10
މިނިސްޓްރީން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުން. / ފޮޓޯ: ޕަބްލިކް ވޯކްސް މިނިސްޓްރީ
މިނިސްޓްރީން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުން. / ފޮޓޯ: ޕަބްލިކް ވޯކްސް މިނިސްޓްރީ
ޚުލާސާ

ދިވެހިންގެ އުފާވެރިކަމުގެ މިންގަނޑުގެ އަސާސްތައް ކަނޑައެޅުމަށް މިނިސްޓްރީން މިއަދު މުހިންމު ބައްދަލުވުމެއް ކުރިއަށް ގެންދިޔަ.

ދިވެހީންގެ އުފާވެރިކަން މިންކުރުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފަށަން ނިންމާފައިވާ ކަމަށް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

ދިވެހިންގެ އުފާވެރިކަމުގެ މިންގަނޑުގެ އަސާސްތައް ކަނޑައެޅުމަށް މިނިސްޓްރީން މިއަދު މުހިންމު ބައްދަލުވުމެއް ކުރިއަށް ގެންދިޔައެވެ.

އެ ބައްދަލުވުމަށް ފަހު އާދަމް ޝަރީފް ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ވިދާޅުވީ ދިވެހިންގެ އުފާވެރިކަމުގެ މިންގަނޑުގެ އަސާސްތައް ކަނޑައެޅުމަށް މިހާރު އެކުލަވާލެވޭ އޮނިގަނޑުގައި ދިވެއްސެއްގެ ހައިސިއްޔަތުން ވިސްނާ ހުރިހާ ކަންކަމެއް ހިމެނޭނެ ކަމަށެވެ.

އެއާއެކު، މި އަހަރު ނިމުމުގެ ކުރިން އާ އޮނިގަނޑުގެ މަސައްކަތް ނިންމައި، އަންނަ އަހަރު އުފާވެރިކަން މިންކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ މިނިސްޓްރީގެ އަމާޒަކީ އެ އޮނިގަނޑު ކުރިއަށް އޮތް ހަތަރެއް ނުވަތަ ފަސް މަސްދުވަހު ތެރޭގައި ނިންމާލުން ކަމަށާއި އަންނަ އަހަރު ޕައިލެޓް ޕްރޮޖެކްޓް ފަށާނެ ކަމަށެވެ.

ދިވެހިންގެ އުފާވެރިކަން މިންކުރުމުގެ ޤައުމީ މަޝްރޫޢު ސަރުކާރުން އިފްތިތާހުކުރީ މިދިޔަ ފެބްރުއަރީ މަހުއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%