ޕޮލިސް ކޮމިޝަނަރު ކަމަށް ނަވީން ޢައްޔަންކުރައްވައިފި

އަހްމަދު އީޒާން | 1 ދުވަސް ކުރިން - 10 ޖޫން 2025 18:14
ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ޢައްޔަންކުރެއްވި އިސްމާއިލް ނަވީން / ފޮޓޯ: ރައީސް އޮފީސް
ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ޢައްޔަންކުރެއްވި އިސްމާއިލް ނަވީން / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ނަވީންއަކީ ފުލުހުންގެ އިދާރާ ހިންގުމާ މިހާރު ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ބޭފުޅާ ވެސް މެ.

ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ފުލުހުންގެ އިދާރާ ހިންގުމާ މިހާރު ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީން މިއަދު ޤައްޔަންކުރައްވައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ އެ މަޤާމަށް ނަވީން ޢައްޔަންކުރައްވަން ނިންމަވާފައެވެ.

ޕޮލިސް ކޮމިޝަނަރުގެ މަޤާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު މިދިޔަ އޭޕްރީލް 26 ގައި އިސްތިއުފާ ދެއްވުމުންނެވެ. އެހެންވެ، ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލާން ހޯމް މިނިސްޓްރީން މިދިޔަ މޭ މަހުގެ 27 ގައި ހުޅުވައިލުމުން އެޕްލިކޭޝަން ހުށަހެޅުއްވީ ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ސައުތު ޕޮލިސް ކޮމާންޑަރު، އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޝަމީމެވެ.

އެ ތިން ބޭފުޅުންނާ ޕޮލިސް ބޯޑުން އިންޓަވިއު ވެސް ކޮށްފައިވާއިރު، އެ މަޤާމަށް ތިން ބޭފުޅުން ވެސް ޝަރުތު ހަމަވެއެވެ.

ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު ކަނޑައަޅަނީ އެ މަޤާމަށް ކުރިމަތިލާ މީހުންގެ ފެންވަރު ޤާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުން ވަޒަންކޮށް ނުވަތަ އިންޓަވިއު ކުރުމަށްފަހުގައި ހޯމް މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%