Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރަން ގްލޯބަލް ޓޫރިޒަމް އެމްބެސެޑަރަކަށް ކެޓްރީނާ ކައިފް ހަމަޖައްސައިފި

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރަން ގްލޯބަލް ޓޫރިޒަމް އެމްބެސެޑަރަކަށް ކެޓްރީނާ ކައިފް ހަމަޖައްސައިފި

އައިޝަތު ރުވާ ރިފްޢަތު
410 ދުވަސް ކުރިން - 10 ޖޫން 2025 14:27
ގްލޯބަލް ޓޫރިޒަމް އެމްބެސެޑަރަކަށް މަޝްހޫރު ބޮލީވުޑް ތަރި ކެޓްރީނާ ކައިފް
ގްލޯބަލް ޓޫރިޒަމް އެމްބެސެޑަރަކަށް މަޝްހޫރު ބޮލީވުޑް ތަރި ކެޓްރީނާ ކައިފް
ޚުލާސާ

މި ޕާޓްނަޝިޕްގެ މަގްސަދަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުގެ ހިތްގައިމު ދިރުންތަކާއި ހާއްސަ ލަގްޒަރީ ތަޖުރިބާތައް ކުރުމަށް ދުނިޔޭގެ ގިނަ ފަތުރުވެރިންނަށް ހިތްވަރުދިނުން.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރަން ގްލޯބަލް ޓޫރިޒަމް އެމްބެސެޑަރަކަށް މަޝްހޫރު ބޮލީވުޑް ތަރި ކެޓްރީނާ ކައިފް ހަމަޖައްސައިފިއެވެ.

އެމްއެމްޕީއާރްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ޕާޓްނަޝިޕްގެ މަގްސަދަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުގެ ހިތްގައިމު ދިރުންތަކާއި ހާއްސަ ލަގްޒަރީ ތަޖުރިބާތައް ކުރުމަށް ދުނިޔޭގެ ގިނަ ފަތުރުވެރިންނަށް ހިތްވަރުދިނުމެވެ. މި އިޢުލާން ކުރެވިފައިވަނީ ވިޒިޓް މޯލްޑިވްސްގެ ހާއްސަ "ސަމާ ސޭލް" ކެމްޕެއިން ފެށިތާ މާގިނަ ދުވަހެއް ނުވަނީސްއެވެ.

ގްލޯބަލް ޓޫރިޒަމް އެމްބެސެޑަރުގެ ހައިސިއްޔަތުން ކެޓްރީނާ ވަނީ ދިވެހިރާއްޖެއަކީ ނަލަކަމާއި ހަމަހިމޭންކަމާ ގުޅިފައިވާ ލަގްޒަރީ އަދި ގުދުރަތީ ރީތިކަމުގެ ރަމްޒެއް ކަމަށާއި އެމްބެސެޑަރަކަށް ހޮވުމަކީ އޭނާއަށް ލިބުނު ޝަރަފެއްކަމަށް ބުނެފައެވެ. އަދި މި ޕާޓްނަޝިޕްގެ މަގްސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލުންތެރިންނަށް ދަތުރުފަތުރުގެ އެންމެ ފުރިހަމަ ތަޖުރިބާތައް ލިބެނީ ދިވެހިރާއްޖެއިންކަން ދައްކުވައިދިނުން ކަމަށްވެސް އޭނާ ބުންޏެވެ.

Advertisement

Advertisement 1

ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ، މި މަޤާމަށް ކެޓްރީނާ ފަދަ ނުފޫޒު ގަދަ މީހަކު ހަމަޖެއްސުމުން އުފާ ކުރައްވާ ކަމަށެވެ. "ހާއްސަކޮށް ދުނިޔޭގެ މުހިންމު މާކެޓުތަކުގައި އަޅުގަނޑުމެން ސަމާ ސޭލް ޕްރޮމޯޝަން ފަށައިގަންނައިރު ކެޓްރީނާގެ ހިތްގައިމު ކެރެކްޓާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބެލުންތެރިންނާ ގެންގުޅޭ ގާތް ގުޅުމުގެ ސަބަބުން އޭނާ އަކީ ފާއިތުވި 5 އަހަރު ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަން ކަމަށްވާ ސަނީ ސައިޑް އޮފް ލައިފްއަށް ވަރަށް އެކަށީގެންވޭ އަދި ނަމޫނާ އެމްބެސެޑަރެއްކަން ޔަޤީން" ޝިއުރީ ވިދާޅުވިއެވެ.

ސަމާ ސޭލް ކެމްޕެއިންގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލަގްޒަރީ ރިސޯޓުތަކާއި ބުޓިކް ގެސްޓްހައުސްތަކާއި އާއިލާތަކަށް އެންމެ ރަނގަޅު އެކޮމޮޑޭޝަންތަކުގައި އެކްސްކްލޫސިވް އޮފާތަކާއި އަގުހުރި ޑީލްތައް ލިބިގެންދާނެކަން އެމްއެމްޕީއާރްސީން ވިދާޅުވެއެވެ. މި ކެމްޕޭން އަމާޒުކުރެވިފައިވަނީ އިނގިރޭސިވިލާތް، ރަޝިޔާ އަދި ސީއައިއެސް، ޑީއޭސީއެޗް ސަރަހައްދު، އިޓަލީ، ޕޮލެންޑް، ސްޕެއިން އަދި އިންޑިއާ ފަދަ ދުނިޔޭގެ ބޮޑެތި މާކެޓްތަކަށެވެ.

އެމްއެމްޕީއާރުސީވިޒިޓް މޯލްޑިވްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

23 ދުވަސް ކުރިން - 21:31

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފި

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް

35 ދުވަސް ކުރިން - 19:53

އޭޝިއާ މީޑިއާ ސަމިޓް 2026 ގެ ބައިވެރިންނާއެކު މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

ފުޅާދާއިރާއެއްގައި މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

70 ދުވަސް ކުރިން - 16:15

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ޕޮޕިއުލާ މޯލްޑިވްސް އަށް ދައުވާކުރަން ފޮނުވައިފި

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަގައި ކުންފުންޏަކަށް ދައުވާކުރަނީ

76 ދުވަސް ކުރިން - 17:52

ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ބަދަލުތަކެއް ގެނެސް، 4 މެމްބަރަކު އައްޔަނުކޮށްފި

ވިޒިޓް މޯލްޑިވްސްގެ ބޯޑަށް 4 މެމްބަރަކު އައްޔަނުކޮށްފި

90 ދުވަސް ކުރިން - 21:51

އައިޓީބީ ބާލިން 2027 ރާއްޖޭގައި

އައިޓީބީ ބާލިން 2027 ރާއްޖޭގައި

141 ދުވަސް ކުރިން - 15:02