Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ސީ.އައި.އެސް ސަރަހައްދުގެ 3 ސިޓީއެއްގައި ބާއްވާ ރޯޑްޝޯގައި 25 ކުންފުންޏަކުން ބައިވެރިވަނީ

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ސީ.އައި.އެސް ސަރަހައްދުގެ 3 ސިޓީއެއްގައި ބާއްވާ ރޯޑްޝޯގައި 25 ކުންފުންޏަކުން ބައިވެރިވަނީ

އައިޝަތު ރުވާ ރިފްޢަތު
4 ގަޑިއިރު ކުރިން - 8 ސެޕްޓެންބަރު 2026 11:34
މި ހަރަކާތް ސެޕްޓެމްބަރު 21 އިން 25 އަށް މޮސްކޯގައި ކުރިއަށްދާނެ---
މި ހަރަކާތް ސެޕްޓެމްބަރު 21 އިން 25 އަށް މޮސްކޯގައި ކުރިއަށްދާނެ---
ޚުލާސާ

50 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ މި ހަރަކާތް ސެޕްޓެމްބަރު 21 އިން 25 އަށް މޮސްކޯ، ސެންޓް ޕީޓަސްބާގް އަދި އަލްމަޓީގައި ކުރިއަށްދާނެ. މި ދަތުރުގެ މައިގަނޑު މަގްސަދަކީ އެ ސިޓީތަކުގެ 180 އަށްވުރެ ގިނަ ޓްރެވަލް ޕާޓްނަރުންނާ ބައްދަލުކޮށް، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުން.

ރާއްޖޭގެ ފަތުރުވެރިކަމުގެ ހުރިހާ ދާއިރާއެއް އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމުގެ ގޮތުން، ސީ.އައި.އެސް (ކޮމަންވެލްތް އޮފް އިންޑިޕެންޑެންޓް ސްޓޭޓްސް) ސަރަހައްދުގެ 3 ސިޓީއެއްގައި ހާއްސަ ރޯޑްޝޯތަކެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އަދި ވިޒިޓް މޯލްޑިވްސްއާ ގުޅިގެން، ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން.އެޗް.ޖީ.އޭ.އެމް) އިން އިންތިޒާމުކުރާ މި ރޯޑްޝޯތަކުގައި ރާއްޖޭގެ 25 ކުންފުންޏަކުން ބައިވެރިވާނެއެވެ.

"އައި އެމް މޯލްޑިވްސް ސީ.އައި.އެސް ރީޖަން ރޯޑްޝޯ" ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ރަޝިއާގެ މޮސްކޯގައި މި މަހުގެ 21 ވަނަ ދުވަހު، ސެންޓް ޕީޓަސްބާގުގައި މި މަހުގެ 23 ވަނަ ދުވަހު އަދި ކަޒަކިސްތާނުގެ އަލްމަޓީގައި މި މަހުގެ 25 ވަނަ ދުވަހުއެވެ. މި ރޯޑްޝޯތަކުގައި ރާއްޖޭގެ ގެސްޓްހައުސް، ރިޒޯޓް، ހޮޓާ، ސަފާރީ އަދި ޓްރެވަލް އެޖެންސީތައް ތަމްސީލުކުރާ 50 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެ، އެ ސިޓީތަކުގެ 180 އަށްވުރެ ގިނަ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނާ ބައްދަލުކުރާނެއެވެ.

Advertisement

Advertisement 1

ރަޝިއާއަކީ މިހާރުވެސް ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓެވެ. 2025 ވަނަ އަހަރު އެ ޤައުމުން 278,761 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 23.8 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު 2 ވަނަ ދުވަހުގެ ނިޔަލަށް އެ ޤައުމުން 209,815 ފަތުރުވެރިން ޒިޔާރަތްކޮށް، މުޅި މާކެޓުގެ 14.6 އިންސައްތަ ވަނީ ހިއްސާކޮށްފައެވެ. މީގެއިތުރުން، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކަޒަކިސްތާނުން 18,602 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ވައިގެ ދަތުރުފަތުރުގެ ގުޅުންތައް ރަނގަޅުވަމުން އަންނާތީ މެދުތެރޭ އޭޝިއާ ސަރަޙައްދަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ހޯދިދާނެ މުހިންމު ސަރަޙައްދެއްގެ ގޮތުގައި އިންތިޒާމުކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

މި ރޯޑްޝޯއާ ގުޅޭގޮތުން އެން.އެޗް.ޖީ.އޭ.އެމް ގެ ރައީސް އަބްދުﷲ ނަޝީދު ވިދާޅުވީ، މިއީ ބައިނަލްއަގްވާމީ މުހިންމު މާކެޓުތަކުގައި ރާއްޖޭގެ ރަށްރަށުގެ ފަތުރުވެރިކަން (ލޯކަލް ޓޫރިޒަމް) އިޝްތިހާރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމަށެވެ. އަދި މޮސްކޯ، ސެންޓް ޕީޓަސްބާގް އަދި އަލްމަޓީ އަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމަށް ފަހި ފުރުޞަތުތަކެއް އޮތް ތަންތަން ކަމަށާއި، މި ދަތުރުގެ މަގްސަދަކީ އެ ޖަމްޢިއްޔާގެ މެންބަރުންނަށް ދެމެހެއްޓެނިވި ކުރިއެރުމުގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޖަމްއިއްޔާގެ ނައިބު ރައީސް އަހްމަދު ވަހީދު ވިދާޅުވި ގޮތުގައި ސީ.އައި.އެސް ސަރަހައްދަކީ ރާއްޖެއަށް އޮތް އެންމެ މުހިންމު އަދި ކުރިއެރުމުގެ ފުރުޞަތު ބޮޑު އެއް މާކެޓެވެ. މި ހަރަކާތަކީ އެ ސަރަހައްދުގައި ރާއްޖޭގެ މަގްބޫލުކަން އިތުރަށް ވަރުގަދަކޮށް، ރާއްޖޭގެ ހާއްސަ ފަތުރުވެރިކަމުގެ އުފެއްދުންތައް ގިނަ ބަޔަކަށް ތައާރަފުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ދަތުރުގެ ތެރެއިން މަތީ ފަންތީގެ ރިޒޯޓުތަކުގެ އިތުރުން ރަށްރަށުގެ ގެސްޓްހައުސްތަކާއި، ސަފާރީ އުޅަނދުތައް އަދި ޓްރެވަލް އެޖެންސީތަކުގެ ހިދުމަތްތައް ފުޅާ ދާއިރާއެއްގައި އިޝްތިހާރު ކުރެވޭނެއެވެ.

މި އަހަރުގެ ތެރޭގައި ސައުތު އީސްޓް އޭޝިއާ ހިމެނޭހެން އެހެން މާކެޓުތަކުގައިވެސް "އައި އެމް މޯލްޑިވްސް" ގެ ކާމިޔާބު ރޯޑްޝޯތަކެއް ބާއްވާފައިވާއިރު، މި ފަހަރުގެ ސީ.އައި.އެސް ދަތުރަކީ ރަޝިއާ، ސީ.އައި.އެސް އަދި ސެންޓްރަލް އެންޑް އީސްޓަން ޔޫރަޕްގައި ރޯޑްޝޯތައް ފުޅާކުރުމަށް އެން.އެޗް.ޖީ.އޭ.އެމް އަދި ވިޒިޓް މޯލްޑިވްސްއާ ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.

ކޮމަންވެލްތް އޮފް އިންޑިޕެންޑެންޓް ސްޓޭޓްސްވިޒިޓް މޯލްޑިވްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވިޒިޓް މޯލްޑިވްސްގެ ވަގުތީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސަބީހާ އަހުމަދު ހަމަޖައްސައިފި

ވިޒިޓް މޯލްޑިވްސްގެ ވަގުތީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސަބީހާ އަހުމަދު ހަމަޖައްސައިފި

13 ދުވަސް ކުރިން - 22:40

10 އަހަރަށްފަހު ދުނިޔޭގެ ފަތުރުވެރިކަމުގެ "އޮސްކާ" އެނބުރި ރާއްޖެއަށް!

10 އަހަރަށްފަހު ދުނިޔޭގެ ފަތުރުވެރިކަމުގެ "އޮސްކާ" އެނބުރި ރާއްޖެއަށް!

31 ދުވަސް ކުރިން - 01:14

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

67 ދުވަސް ކުރިން - 21:31

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފި

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް

79 ދުވަސް ކުރިން - 19:53

އޭޝިއާ މީޑިއާ ސަމިޓް 2026 ގެ ބައިވެރިންނާއެކު މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

ފުޅާދާއިރާއެއްގައި މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

114 ދުވަސް ކުރިން - 16:15

ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ބަދަލުތަކެއް ގެނެސް، 4 މެމްބަރަކު އައްޔަނުކޮށްފި

ވިޒިޓް މޯލްޑިވްސްގެ ބޯޑަށް 4 މެމްބަރަކު އައްޔަނުކޮށްފި

134 ދުވަސް ކުރިން - 21:51