Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އޭޝިއާ މީޑިއާ ސަމިޓް 2026 ގެ ބައިވެރިންނާއެކު މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

އޭޝިއާ މީޑިއާ ސަމިޓް 2026 ގެ ބައިވެރިންނާއެކު މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

އައިޝަތު ރުވާ ރިފްޢަތު
105 ދުވަސް ކުރިން - 16 މެއި 2026 16:15
ކުޑަގިރީގައި ބޭއްވި މުރަކަ އިންދުމުގެ ހަރަކާތުގެ ތެރެއިން. / ފޮޓޯ: އެޗްޑީސީ
ކުޑަގިރީގައި ބޭއްވި މުރަކަ އިންދުމުގެ ހަރަކާތުގެ ތެރެއިން. / ފޮޓޯ: އެޗްޑީސީ
ޚުލާސާ

މިއީ ޕީއެސްއެމް، ވިޒިޓް މޯލްޑިވްސް އަދި އެޗްޑީސީ ގުޅިގެން ހިންގި ހަރަކާތެއް. މި ހަރަކާތުގައި 300އެއްހާ މީޑިއާ މަންދޫބުން ބައިވެރިވެފައިވޭ.

ރާއްޖޭގައި މިހާރު ކުރިއަށްދާ އޭޝިއާ މީޑިއާ ސަމިޓް 2026 ގެ ތެރެއިން، ރާއްޖޭގައި މިހާތަނަށް ހިންގާ މުރަކަ އިންދުމުގެ އެންމެ ބޮޑު އެއް ހަރަކާތް ކުޑަގިރި ކައިރީގައި އޮންނަ "ދޫނި އެއާ ކްރާފްޓް" ފަރަށް ފެއްތި ސަރަހައްދުގައި ބާއްވައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މި ހަރަކާތަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީ.އެސް.އެމް) އާއި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީ.އެމް.ސީ) އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގައި 40 ގައުމަކުން އައިސްތިބި 300 އެއްހާ ބައިނަލްއަގުވާމީ މީޑިއާ މަންދޫބުން އަމަލީ ގޮތުން ބައިވެރިވެފައިވެ އެވެ.

Advertisement

Advertisement 1

ކުޑަގިރީގައި ބޭއްވި މުރަކަ އިންދުމުގެ ހަރަކާތުގެ ތެރެއިން. / ފޮޓޯ: އެޗްޑީސީ

"ދޫނި އެއަރ ކްރާފްޓް" މަޝްރޫއަކީ 2025 ވަނަ އަހަރު ވީ.އެމް.ސީ އާއި އެޗް.ޑީ.ސީ ގުޅިގެން ފެށި "ރީޖެނެރޭޓިވް ޓޫރިޒަމް" ނުވަތަ އިއާދަކުރަނިވި ފަތުރުވެރިކަމުގެ އިސްނެގުމެކެވެ. މި މަޝްރޫއުގެ ދަށުން ކަނޑުއަޑީގައި ފެއްތިފައިވާ ދެ ބޯޓު ބޭނުންކޮށްގެން، އެ ސަރަހައްދުގައި ފަރުގެ ދިރުން އާލާކޮށް، ފީނާ މީހުންނަށް ތަފާތު ތަޖުރިބާއެއް ލިބޭނެ ފަދަ މާހައުލެއް ދަނީ ބިނާކުރަމުންނެވެ.

ބުރާސްފަތި ދުވަހުގެ ހަރަކާތުގައި މީޑިއާ ސަމިޓުގެ ބައިވެރިން ވަނީ މުރަކައިގެ ކުދި ބައިތައް ހާއްސަކޮށް ފަރުމާކޮށްފައިވާ އޮނިގަނޑުތަކުގައި ހަރުކުރުމުގައި އެހީތެރިވެފަ އެވެ. މި އޮނިގަނޑުތައް ފަހުން ވަނީ "ދޫނި އެއާ ކްރާފްޓް" ސަރަހައްދުގައި ބަހައްޓާފަ އެވެ. މި ސަރަހައްދު ފަރުމާކޮށްފައިވަނީ އެއަޕޯޓެއްގެ ސިފަ އަންގައިދޭ ގޮތަށް ކަނޑުއަޑީގެ މާހައުލަކަށެވެ. މީގެ ތެރޭގައި ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި އެންމެ ފުރަތަމަ ބޭނުންކުރި "ޑޯނިއާ" މަރުކާގެ ބޯޓުތައް، ފަރުގެ ދިރުން އާލާކުރުމަށް ބޭނުންކުރާ އޮނިގަނޑުތަކެއްގެ ގޮތުގައި ވަނީ ހިމަނާފަ އެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެޗް.ޑީ.ސީގެ ޓީމުތަކާއި، ވޮލަންޓިއަރުންގެ ގޮތުގައި ބައިވެރިވި ފަތުރުވެރިކަމުގެ ދާއިރާގެ ޑައިވް ޓީމުތަކުގެ ބެލުމުގެ ދަށުން، ސައިންޓިފިކް އުސޫލުތަކާ އެއްގޮތަށެވެ. ބައިވެރިންނަށް މުރަކަ ގެންގުޅޭނެ ގޮތާއި އިންދާނެ ގޮތުގެ އިރުޝާދު ވަނީ ދީފަ އެވެ.

ކުޑަގިރީގައި ބޭއްވި މުރަކަ އިންދުމުގެ ހަރަކާތުގެ ތެރެއިން. / ފޮޓޯ: އެޗްޑީސީ

މި މަޝްރޫއަކީ ހަމައެކަނި ފަތުރުވެރިކަމުގެ ހަރަކާތެއްގެ ބަދަލުގައި، ރާއްޖޭގެ ގުދުރަތީ ތިމާވެށި ހިމާޔަތްކުރުމާއި، ފަތުރުވެރިން ތިމާވެށި އާލާކުރުމުގެ މަސައްކަތުގައި ބައިވެރިކުރުވުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަން ހަމައެކަނި "ލަގްޒަރީ" ދާއިރާއަށް ބެލުމުގެ ބަދަލުގައި، ތިމާވެއްޓަށް އަހުލުވެރި، ދެމެހެއްޓެނިވި ދާއިރާއަކަށް ބަދަލުކުރުމަށް ކުރެވޭ މަސައްކަތެއްގެ ފެށުމެކެވެ.

މި ހަރަކާތަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް، ޑައިވް ކްލަބް މޯލްޑިވްސް، ވިލާ ނޯޓިކާ، ޑައިވް ބަންޑޮސް، ބަންޔަން ޓްރީ ވައްބިންފަރު، މަލަހިނީ ކުޑަ ބަންޑޮސް، ޝެރަޓަން މޯލްޑިވްސް، ސީޑް، މެރިން ލެބް މޯލްޑިވްސް، މޫދުބުޅާ ޑައިވް، އެކްސްޓްރީމް މޯލްޑިވްސް، އެން.ބީ.އޭ.އެމް، މޯލްޑިވްސް މޯމަންޓްސް، އެމް.ޓީ.ސީ.ސީ، އެމް.އޭ.ސީ.އެލް، ފުލުހުން، އެމް.އެން.ޑީ.އެފް، މެރިން ރިސާޗް އިންސްޓިޓިއުޓް، އެކުއާ ކްލަބް އަދި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ވިޒިޓް މޯލްޑިވްސްޕީއެސްއެމްއެޗްޑީސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

"ވިލުންތެރި ކަނބަލުން": އަންހެނުން ބާރުވެރިކުރުވުމުގެ ހާއްސަ ޕްރޮގުރާމު ނިންމާލައިފި

"ވިލުންތެރި ކަނބަލުން": އަންހެނުން ބާރުވެރިކުރުވުމުގެ ހާއްސަ ޕްރޮގުރާމު ނިންމާލައިފި

1 ދުވަސް ކުރިން - 11:00

ވިޒިޓް މޯލްޑިވްސްގެ ވަގުތީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސަބީހާ އަހުމަދު ހަމަޖައްސައިފި

ވިޒިޓް މޯލްޑިވްސްގެ ވަގުތީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސަބީހާ އަހުމަދު ހަމަޖައްސައިފި

3 ދުވަސް ކުރިން - 22:40

އެޗްޑީސީ މުވައްޒަފުންގެ ފަރާތުން ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް، އެމްބީއެސްއާ ގުޅިގެން މިއަދު ބްލަޑް ކޭމްޕެއް ފަށައިފި

އެޗްޑީސީ ސްޓާފުންގެ ފަރާތުން ލޭ ހަދިޔާކުރުމަށް ބްލަޑް ކޭމްޕެއް ކުރިޔަށް ގެންދަނީ

13 ދުވަސް ކުރިން - 16:00

10 އަހަރަށްފަހު ދުނިޔޭގެ ފަތުރުވެރިކަމުގެ "އޮސްކާ" އެނބުރި ރާއްޖެއަށް!

10 އަހަރަށްފަހު ދުނިޔޭގެ ފަތުރުވެރިކަމުގެ "އޮސްކާ" އެނބުރި ރާއްޖެއަށް!

21 ދުވަސް ކުރިން - 01:14

މޫސުން ގޯސްވުމުގެ ސަބަބުން އެހީތެރިކަން ބޭނުންވާ ފަރާތްތައް 1516 އަށް ގުޅުއްވުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

މޫސުން ގޯސްވެެ އެހީތެރިކަން ބޭނުންވާ ފަރާތްތައް 1516އަށް ގުޅުއްވުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

29 ދުވަސް ކުރިން - 14:51

ހުޅުމާލޭގައި ބާއްވާ މިނިވަން ދުވަހުގެ ޚާއްޞަ ކާނިވަލް އަންނަ ހުކުރު ދުވަހު ފަށަނީ

ހުޅުމާލޭގައި ބާއްވާ މިނިވަން ދުވަހުގެ ޚާއްޞަ ކާނިވަލް އަންނަ ހުކުރު ދުވަހު

37 ދުވަސް ކުރިން - 14:28