އައްޝެއިޚް އިބްރާހީމް ފަރީދު އަޙްމަދު (ޝެއިޚް ފަރީދު) އަވަހާރަވެއްޖެއެވެ.
އެ މަނިކުފާނު އަވަހާރަވީ ކުއްލި ގޮތަކަށް، ރާއްޖެ އިން ބޭރުގައެވެ.
އެންމެ ފަހުން ޚުލާޞާގެ ރިޕޯޓަރެއްގެ ގާތު އެމަނިކުފާނު ވިދާޅުވެފައި ވަނީ މިވަގުތު ހުންނެވީ ޑުބާއީގައި ކަމަށާއި ކުޑަކޮށް ބަލިވެ އުޅުއްވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އޭގެފަހުން އެމަނިކުފާނުގެ އަމިއްލަ ބައްދަލުވުމަކަށް މެލޭޝިޔާ އަށް ވަޑައިގަތްތަނާ މެލޭޝިއާގެ އެއާޕޯޓުގައި ކުއްލިޔަކަށް އަވަހާރަވީ އެވެ.