Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސްގެ ފަރާތްޕުޅުން ޙައްޖާޖީންގެ ޙާލު ބެއްލެވުމަށް ވަޒީރުންގެ ޓީމެއް މިނާ ފޭލިގެއަށް

ރައީސްގެ ފަރާތްޕުޅުން ޙައްޖާޖީންގެ ޙާލު ބެއްލެވުމަށް ވަޒީރުންގެ ޓީމެއް މިނާ ފޭލިގެއަށް

އަައިޝަތު ޒީނާ
449 ދުވަސް ކުރިން - 8 ޖޫން 2025 14:23
ރައީސްގެ ފަރާތްޕުޅުން ޙައްޖާޖީންގެ ހާލު ބެއްލެވުމަށް ވަޑައިގެންނެވި ވަޒީރުންގެ ޓީމުގައި ވަޒީރު ޝަހީމް ދިވެހި ޙައްޖާޖީންނާ ވާހަކަދައްކަވަނީ. / ފޮޓޯ: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ
ރައީސްގެ ފަރާތްޕުޅުން ޙައްޖާޖީންގެ ހާލު ބެއްލެވުމަށް ވަޑައިގެންނެވި ވަޒީރުންގެ ޓީމުގައި ވަޒީރު ޝަހީމް ދިވެހި ޙައްޖާޖީންނާ ވާހަކަދައްކަވަނީ. / ފޮޓޯ: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ
ޚުލާސާ

މި ޒިޔާރަތުގައި ވަޒީރުން ވަނީ ޙައްޖުވެރިންނާއި ޙައްޖު ކޯޕަރޭޝަން އަދި މުޠައްވިފްގެ ބޭފުޅުންނާވެސް ބައްދަލު ކުރައްވާފައި.

ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ދިވެހި ޙައްޖާޖީންގެ ޙާލު ބެއްލެވުމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި މިވަގުތު މައްކާގައި ތިއްބެވި ވަޒީރުންގެ ޓީމުން މިނާ ޓެންޓަށް ޒިޔާރަތްކުރައްވައިފިއެވެ.

މި ވަފުދު މިނާ ޓެންޓަށް ޒިޔާރަތް ކުރައްވާފައިވަނީ ރޭގައެވެ. މި ވަފުދުގައި ފޭލިގެއަށް ވަޑައިގަންނަވާފައިވަނީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރުގެ އިތުރުން ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލްއާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްއެވެ.

މި ޒިޔާރަތުގައި ޙައްޖާޖީންނާއި ވާހަކަދައްކަވަމުން ވަޒީރު ޝަހީމް ވިދާޅުވީ ޙައްޖުގެ މަތިވެރި އަޅުކަން އިސްލާމް ދީނުގައި ޝަރުޢުކުރައްވާފައިވަނީ ވަރަށް ގިނަ ޝަރުތުތަކާ އެކު، ކުޅަދާނަކަން ލިބިގެންވާ މީހަކަށް ކަމަށެވެ. އެކަމުން ވެސް ދޭހަވާކަމަކީ މިފަދަ ބޮޑު އަޅުކަމެއްގެ ތެރޭގައި ކެތްތެރިވާންޖެހޭ ވަރަށް ގިނަ ކަންތައްތައް ހުންނާނެކަން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ޙައްޖުގެ މަތިވެރިން އަޅުކަން އަދާކުރާއިރު، ހުރިހާ ޙައްޖާޖީންވެސް ކެތްތެރިވުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.

Advertisement

Advertisement 1

މާތް ﷲގެ މަތިވެރި ރަހުމަތުގެ ސަބަބުން ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކުރުމުގެ ނަސީބު ހައްޖާޖީންނަށް ލިބިވަޑައިގެންނެވި ކަމަށްޓަކައި މާތް ﷲގެ މައްޗަށް ހަމްދުކޮށް ޝުކުރުވެރިވާން ޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުރާ ހެޔޮ ޢަމަލުތައް ޤަބޫލުކުރެއްވުމަށް އަބަދުވެސް ދުޢާކުރެއްވުމަށް ވަޒީރު ވަނީ ޙައްޖާޖީންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ވަޒީރުގެ ވާހަކަފުޅުގައިވަނީ ރައީސްގެ ދެކަނބަލުންގެ ފަރާތްޕުޅުން ހުރިހާ ޙައްޖުވެރިންނަށް ސަލާމް ރައްދުކޮށްދެއްވާފައެވެ. އަދި ރައީސްގެ ހެޔޮ ދުޢާ ޙައްޖާޖީންނާއެކު ވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ޒިޔާރަތުގައި ވަޒީރުން ވަނީ ޙައްޖުވެރިންނާއި ޙައްޖު ކޯޕަރޭޝަން އަދި މުޠައްވިފްގެ ބޭފުޅުންނާވެސް ބައްދަލު ކުރައްވާފައެވެ.

މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ދިޔަ 1000 ޙައްޖުވެރިން، ޢަރަފާތާއި މުޛްދަލިފާގެ ރުކުން ފުރިހަމަ ކުރުމަށްފަހު ބޮޑު ޖަމްރާއަށް ހިލައުކާ އިޙްރާމް ކަނޑާފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މިވަގުތު ހުރިހާ ޙައްޖުވެރިންވެސް ތިބީ މިނާ ފޭލިގެތަކުގައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުމިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދުމިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

3 ގަޑިއިރު ކުރިން - 18:54

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

4 ގަޑިއިރު ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

4 ގަޑިއިރު ކުރިން - 18:26

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، އެއަށް ޢަމަލުކުރަން ފަށައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤުކުރައްވައިފި

5 ގަޑިއިރު ކުރިން - 17:01

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

6 ގަޑިއިރު ކުރިން - 16:46

މަގުމަތީގެ ނުރައްކާތަކަށް އާ ގާނޫނުން ކަނޑައެޅީ މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

މަގުމަތީގެ ނުރައްކާތަކަށް މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

6 ގަޑިއިރު ކުރިން - 16:42