ލ. ގަމުގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ. ގަމު ލިންކް ރޯޑުގައި މިރޭ 7:03 ހާއިރު ސައިކަލަކާއި ކާރެއް ޖެހި ހިނގި މި އެކްސިޑެންޓުގައި ސައިކަލުގައި އިން 44 އަހަރުގެ ދިވެހި ފިރިހެނާގެ ކަނާތު ފައިގެ ދެތަނަކުން ބިނދި، ބޯ ފެޅި، އަދި އިތުރު އަނިޔާތަކެއް ވެފައިވެއެވެ. އަދި 48 އަހަރުގެ މީހާއަށް ވެސް އަނިޔާތަކެއް ވެފައިވާކަމަށް ހަބަރު ލިބެއެވެ.
ފުލުހުން ބުނީ، އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި 62 އަހަރުގެ ފިރިހެނާއަށް އެއްވެސް އަނިޔާއެއް ވެފައިނުވާކަމަށާއި، މި އެކްސިޑެންޓުގައި ދެ އުޅަނދަށްވެސް އެކި ވަރުގެ ގެއްލުން ވެފައިވާ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ ތަޙްޤީޤް ކުރަމުންނެވެ.