ރާއްޖޭގައި އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނި، އެޗް.ޕީ.އޭއިން ފިޔަވަޅު އަޅަނީ

އާނާ ފަހީމް | 4 ގަޑިއިރު ކުރިން - 7 ޖޫން 2025 20:05
ކޮވިޑް-19 ސްކްރީނިން
ކޮވިޑް-19 ސްކްރީނިން
ޚުލާސާ

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން މި ނުރައްކާތެރި ބަލީގެ ފެތުރުން ހުއްޓުވުމަށް ކޮންޓެކްޓް ޓްރޭސިންގ އާއި ޕްރޮފައިލެކްޓިކް ފަރުވާ ދިނުމުގެ މަސައްކަތް ދަނީ ކުރަމުން.

ރާއްޖޭގައި އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން މިއަދު ވަނީ ހާމަކޮށްފައެވެ. މި ކޭސް ފެނުމާ ގުޅިގެން އެޗް.ޕީ.އޭއިން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

މި ބަލީގެ ކޭސް ފެނުމާ ގުޅނުމާ ގުޅިގެން ކަމާ ބެހޭ މަޢުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގ ހަދައި، ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށް ދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މީގެ އިތުރުން، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައްވެސް ދަނީ އެޅެމުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އިންވޭސިވް މެނިންގޯކޯކަލް ޑިޒީޒްއަކީ ބެކްޓީރިއާއަކުން ޖެހޭ، ވަރަށް ސީރިއަސް ބައްޔެކެވެ. ރާއްޖޭގައި މިހާތަނަށް ފެނިފައިވާ މަދު ކޭސްތަކަކީ އާންމުގޮތެއްގައި ރާއްޖެއިން ބޭރުން އިންފެކްޝަން ޖެހިފައިވާ ފަރާތްތަކެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ހަމުގައި ރަތް ބިހިތަކެއް ނެގުން، އަދި ބޮލުގައި ރިއްސުން ހިމެނެއެވެ. ބަލީގައި ބޮޑުވަރުވެއްޖެނަމަ ސިކުނޑިއަށް އަސަރުކޮށް މެނިންޖައިޓިސް ޖެހުމާއި، މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރި ސެޕްސިސް ޖެހުމުގެ ފުރުޞަތު އޮވެއެވެ.

މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީޢާއިންނެވެ. ބަލި ޖެހިފައިވާ މީހާއާ އެކު ގިނަ ވަގުތު ވަރަށް ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުޞަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%