ސެޕްޓެމްބަރާ ހަމައަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކިޑްނީ ބައްޔަށް ފަރުވާ ކުރެވޭނެ

އައިޝަތު އީމާން | 9 ގަޑިއިރު ކުރިން - 7 ޖޫން 2025 13:19
ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް: މިނިސްޓަރު ވިދާޅުވީ ޑައިލިސިސްގެ ޚިދްމަތް މުޅި ރާއްޖޭގައި ދިނުމަށް ރައީސް ޑރ. މުއިއްޒު ވަރަށް ބޮޑަށް އަހަންމިއްޔަތުކަން ދެއްވާ ކަމަށް.
ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް: މިނިސްޓަރު ވިދާޅުވީ ޑައިލިސިސްގެ ޚިދްމަތް މުޅި ރާއްޖޭގައި ދިނުމަށް ރައީސް ޑރ. މުއިއްޒު ވަރަށް ބޮޑަށް އަހަންމިއްޔަތުކަން ދެއްވާ ކަމަށް.
ޚުލާސާ

ސެޕްޓެމްބަރު މަހާއި ހަމައަށް ދާއިރު ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ޑައިލިސިސް ސެންޓަރު ޤާއިމްކޮށް ޚިދުމަތް ދޭން ފަށާނެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ޚިދުމަތް ލިބޭނެ ދެތިންމަހަށް ވެއްޖެއެވެ. ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް ވިދާޅުވެފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހާއި ހަމައަށް ދާއިރު ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ޑައިލިސިސް ސެންޓަރު ޤާއިމްކޮށް ޚިދުމަތް ދޭން ފަށާނެ ކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ނާޡިމް ހާމަކުރެއްވި ގޮތުގައި، މިހާރުވެސް ގިނަ އަތޮޅުތަކެއްގައި މި ޚިދުމަތް ވަނީ ފަށާފައެވެ. އެންމެ ފަހުން ޑައިލިސިސްގެ ޚިދުމަތް ފެށިފައިވަނީ ނ. ވެލިދޫ، މ. މުލި، ތ. އަތޮޅު އަދި ގއ. އަތޮޅު ހޮސްޕިޓަލުގައެވެ.

"ވަކި އަދަދަކަށްވުރެ ޑައިލިސިސް ބަލިމީހުން ގިނަ ރަށްތަކަށް އަމާޒުކޮށްގެން މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ މަސައްކަތްވެސް ކުރިއަށްދޭ," ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ޚިދުމަތް އަތޮޅުތަކަށް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ. މިކަމުގެ ސަބަބުން ކިޑްނީ ބަލި ޖެހިފައިވާ މީހުންނަށް މާލެއަށް ދަތުރުކުރަން ޖެހޭ އުނދަގޫ ކުޑަވެގެންދާނެއެވެ.

ޑައިލިސިސްގެ ޚިދުމަތަކީ ކިޑްނީ ބަލި ޖެހިފައިވާ މީހުންނަށް ކޮންމެ ހަފްތާއަކު 2-3 ދުވަހު، ދުވާލަކު 4 ގަޑިއިރު ލޭ ސާފުކުރުމަށް ދެވޭ ޚިދުމަތެކެވެ. މި ޚިދުމަތް އަތޮޅުތަކަށް ފުޅާކުރުމުން ގިނަ ބަލިމީހުންނަށް ލުއިފަސޭހަވެގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%