ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް ހެޔޮ ދުޢާ ކުރައްވައިފި

ހުސައިން އިސްމާއިލް | 1 ދުވަސް ކުރިން - 5 ޖޫން 2025 12:18
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 1446 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާގައި.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 1446 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާގައި.
ޚުލާސާ

ޙައްޖު ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ކޮންމެ ރައްޔިތެއްވެސް ﷲގެ އޯގާވަންތަކަމުގައި ލަހައްޓަވައި ތާއަބަދުމެ ވިޔަވަތިކަން ދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ދިވެހި ރައްޔިތުންނަށް ދުޢާ ކުރައްވައިފި.

ޙައްޖު ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި، އެންމެހައި ދިވެހިންނަށް ﷲގެ ރަޙްމަތާއި ބަރަކާތް ލެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދުޢާ ކުރައްވައިފިއެވެ.

ރައީސް މުޢިއްޒުގެ ޕޯސްޓުގައި، ދިވެހިރާއްޖެއާއި ކޮންމެ ދިވެހި ރައްޔިތަކަށް ﷲގެ އޯގާވަންތަކަމާއި، ރަޙްމަތާއި، ނިޢުމަތް އިތުރުކޮށްދެއްވައި، އަމާންކަމާއި، ދުޅަހެޔޮކަމާއި، ވިޔަވަތިކަން ދާއިމަށް ދެއްވުމަށް އެދިވަޑައިގެން ދުޢާ ކުރައްވާފައިވެއެވެ. އަދި ހުރިހާ ޙައްޖުވެރިންނަށް މަބްރޫރު ޙައްޖެއް މިންވަރުކުރެއްވުމަށާއި، އެންމެހައި މުސްލިމުންގެ ދުޢާތައް އިޖާބަ ކުރެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

މީގެއިތުރުން، ރައީސް ވަނީ އެންމެހައި މުސްލިމުންގެ ހެޔޮ ޢަމަލުތައް ﷲ ޤަބޫލުކުރެއްވުމަށާއި، ދުނިޔެއާއި އާޚިރަތުގައި ﷲގެ ރުއްސެވުމާއި ފުއްސެވުން ލިބިގަތުމަށް އެދިވަޑައިގެން ދުޢާ ދަންނަވާފައެވެ.

މިވަގުތު ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވަޑައިގެން ތިއްބެވީ ސަޢޫދީ ޢަރަބިއްޔާގައި 1446 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށެވެ. ރައީސްގެ އަރިހުގައި ދިވެހި ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވައެވެ. ރައީސްގެ ދަތުރުފުޅާއި ގުޅޭ އެންމެހައި ކަންކަން ބަލަހައްޓަވަމުން ގެންދަވަނީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%