މާފުށީ ޖަލުގައި ހުރި ގައިދީއަކު ހާލުދެރަވެގެން ފަރުވާދެނިކޮށް އައިޖީއެމްއެޗުގައި ރޭ ނިޔާވެއްޖެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.
ނިޔާވީ، ނ. މާފަރު، ހިތްފަސޭހަގެ އުމުރުން 45 އަހަރުގެ މޫސާ ހަސަން އެވެ.
ކަރެކްޝަނުން ބުނީ މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަނިކޮށް އޭނާ ހާލު ދެރަވެގެން އެމަޖެންސީގައި އައިޖީއެމްއެޗަށް ގެންދިޔައީ މިދިޔަ އޭޕްރިލް މަހުކަމަށެވެ.
އަދި އެޑްމިޓްކޮށްގެން ފަރުވާދެނިކޮށް، ހިތް ހުއްޓިގެން ނިޔާވީ މެންދަމުގެ ވަގުތެއްގައެވެ.
މޫސާ ހަސަންއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރު ދުވަހުގެ ޖަލު ޙުކުމް ތަންފީޒުކުރަމުން ދިޔަ މީހެކެވެ.