ސްރީލަންކާގެ ދެ ޖަންގައްޔެއްގައި ރޯވި އަލިފާންގަނޑު ސްރީލަންކާގެ އަސްކަރިއްޔާގެ ސިފައިން ނެރެގެން ކާމިޔާބުކަމާއެކު ކޮންޓްރޯލްކޮށްފިއެވެ.
ސްރީލަންކާގެ އަސްކަރިއްޔާއިން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، އިއްޔެ ފުރަތަމަ އަލިފާން ރޯވެފައިވަނީ ބަލަނގޮޑާގެ ކުރަގަލާ ކަލްތޮޓާ ސަރަހައްދުގައި ހުންނަ ޕިހިމްބިޔަގޮއްލާ ޖަންގަލީގެ ރިޒާވްގައެވެ. މި އަލިފާންގަނޑު ރޯވެފައިވާކަން އެނގުމާއެކު، ނެޝަނަލް ގާޑްގެ ސިފައިން ވަގުތުން އެ ސަރަހައްދަށް ފޮނުވައި، މެންދުރުފަހު 3:00 ގައި ފެށުނު އޮޕަރޭޝަން ރޭގަނޑު 7:30 ހާއިރު ނިންމާލާފައިވެއެވެ.
ދެވަނަ އަލިފާންގަނޑު ރޯވެފައިވަނީ ބަންޑާރަވެލާގެ ޑޯވާ ޓެމްޕަލް ކައިރީގައި ހުރި ޖަންގައްޔެއްގައެވެ. މި އަލިފާންގަނޑު ރޯވެފައިވާކަން ފާހަގަކުރެވުނީ އިއްޔެ ހަވީރު 6:30 ހާއިރުއެވެ. މި އަލިފާންގަނޑު ރޭގަނޑު 10:00 ހާއިރު އަލިފާން ވަނީ މުޅިން ނިއްވާލާފައެވެ.
މި ދެ އޮޕަރޭޝަނަށް ޑިޕާޓްމަންޓް އޮފް ފޮރެސްޓް ކޮންޒަވޭޝަން އާއި ޑިޕާޓްމަންޓް އޮފް ސިވިލް ޑިފެންސްގެ އޮފިޝަލުންގެ އެއްބާރުލުން ލިބިފައިވާކަން ސްރީލަންކާގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.









