Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޘަޤާފީ ކުޅިވަރުތައް ކުޅޭ އިރު އޭގެ ދިވެހި އަސްލު ގޮތުގައި ކުޅުމަށް ވަޒީރު ބާރުއަޅުއްވައިފި

ޘަޤާފީ ކުޅިވަރުތައް ކުޅޭ އިރު އޭގެ ދިވެހި އަސްލު ގޮތުގައި ކުޅުމަށް ވަޒީރު ބާރުއަޅުއްވައިފި

އަައިޝަތު ޒީނާ
406 ދުވަސް ކުރިން - 4 ޖޫން 2025 23:56
ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޢުލޫމާތުދެއްވަނީ. / ފޮޓޯ: ރައީސް އޮފީސް
ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޢުލޫމާތުދެއްވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ވަޒީރު ވިދާޅުވީ މި ސަރުކާރުން ބާރު އަޅަނީ އިސްލާމް ދީނުގެ އިންތަކުގެ ތެރެއިން ޢީދު ފާހަގަކުރެއްވުމަށް ކަމަށް.

ޘަޤާފީ ކުޅިވަރުތައް ކުޅޭއިރު އޭގެ ދިވެހި އަސްލު ގޮތުގައި ކުޅުމަށް ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ބާރުއަޅުއްވައިފިއެވެ.

އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމެއްގައި، އިހުގެ ބައެއް ކުޅިވަރުތައް ދިވެހީން އޭރު ކުޅެއުޅުނު ގޮތުގެ ބައެއް މަޢުލޫމާތު ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ ދިވެހި ބައެއް ކުޅިވަރުތަކަކީ ހަމައެކަނި ފިރިހެނުން ކުޅެ އެޅުނު ކުޅިވަރު ކަމަށެވެ. އޭގެ ތެރޭގައި ތާރަ، މަންގަލަން، ދިގުމަގުނެގުން، އަދި މަލިކު ދަނޑި ހިމެނޭ ކަމަށާއި އަނެއްބައި ކުޅިވަރުތަކަކީ އަންހެނުންގެ ކުޅިވަރުތައް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި މިހާރު ބައެއް ރަށްރަށުން އުވިގޮސްފައިވާ ބަނޑިޔާޖެހުން ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ބޮޑު ބެރަކީ ފިރިހެނުންގެ ގުރޫޕު ކުޅިވަރެއް ކަމަށާއި އަންހެނުން ވެސް ވަކިން ގުރޫޕު އުފައްދައިގެން ވަރަށް މަދު ރަށެއްގައި ވަކިން މި ކުޅިވަރު ކުޅެ އުޅުނު ކަމަށެވެ.

Advertisement

Advertisement 1

ވަޒީރު ވިދާޅުވީ މި ސަރުކާރުން ބާރު އަޅަނީ އިސްލާމް ދީނުގެ އިންތަކުގެ ތެރެއިން ޢީދު ފާހަގަކުރެއްވުމަށް ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢީދު ފާހަގަކުރެއްވުމަށް ވަރަށް ޚާއްޞަ އިސްކަމެއް ދެއްވައިފައި މި ވަނީ ޢީދަކީ އިސްލާމީ މަތިވެރި އިޙްތިފާލަކަށް ވާތީކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން އިސްލާމީ އިންތަކާއި މިންތަކުގެ ތެރޭގައި ޢީދުގެ އުފާ ފާޅުކޮށް އެއްބައިވަންތަކަމާއި އުފާވެރިކަމުގެ ރޫޙު ވީހާ ވެސް ބޮޑަކަށް އާލާކުރުމަކީ ސަރުކާރުން ވަރަށް ތަރުޙީބުދޭ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޢީދުގައި ކުލަ ޖެހުމަކީވެސް މިހާރު ކުރާ އާންމު ކަމަކަށް ވާއިރު، ވަޒީރު ވިދާޅުވީ އެއީ ވެސް އިހު ދިވެހީންގެ ޘަޤާފަތުގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. އެ ޒަމާނުގައި ބޮޑު ޢީދަކީ ފެންކުޅި ކުޅޭ ޢީދެއް ކަމަށާއި، ކުލަ ކުޅުމަކީ ކޮށް އުޅުނު ކަމެއް ނޫން ކަމަށް ވިދާޅުވެ ވަޒީރު ވަނީ އެހާރާއި މިހާރުގެ ބައެއް ތަފާތުތަކުގެ މައްޗަށް ތާރީޚީ ގޮތުން ވެސް އަލިއަޅުއްވައިލައްވާފައެވެ.

ސަރުކާރުން ޤައުމީ ފެންވަރެއްގައި މި އަހަރުގެ ބޮޑު ޢީދު ތިން ރަށެއްގައި ފާހަގަ ކުރާނެއެވެ. އެއީ ލ. ގަމާއި ހއ. ކެލާގެ އިތުރުން ކ. ގުރައިދޫގައެވެ.

މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިނިވަންދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" އިފްތިތާހްކޮށްފި

މިނިވަންދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" އިފްތިތާހްކޮށްފި

1 ދުވަސް ކުރިން - 22:41

ހެރިޓޭޖް މިނިސްޓަރު ކަމަށް ހީނާ، ހެލްތު އެންޑް ފެމިލީ މިނިސްޓަރަކަށް ގީލާ

ހެރިޓޭޖަށް ހީނާ، ހެލްތު އެންޑް ފެމިލީއަށް ގީލާ

92 ދުވަސް ކުރިން - 19:21

ދިވެހި ބަހުގެ އެކަޑަމީގެ ފޮތް މައުރަޒެއް އައްޑޫގައި ކުރިއަށްދަނީ

ދިވެހި ބަހުގެ އެކަޑަމީގެ ފޮތް މައުރަޒެއް އައްޑޫގައި

151 ދުވަސް ކުރިން - 12:57

އުސްގެކޮޅު މިއުޒިއަމަކަށް ބަދަލު ކުރުމުގެ މަސައްކަތް އެފްޑީސީން ފަށައިފި

އުސްގެކޮޅު މިއުޒިއަމަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

165 ދުވަސް ކުރިން - 23:21

ތަރިކަ ދިރާސާކުރުމުގެ ދާއިރާއިން މަތީ ތައުލީމަށް 40 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި

ތަރިކަ ދިރާސާކުރުމުގެ ދާއިރާގެ ސްކޮލަޝިޕް ފުރުސަތުތަކެއް!

307 ދުވަސް ކުރިން - 21:49

ވާހަކަ ދެއްކުމުގެ 28 ވަނަ ގައުމީ މުބާރާތް ފަށައިފި

ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތް ފަށައިފި

316 ދުވަސް ކުރިން - 17:35