ކުޅުދުއްފުށި ކޮންމެ ސްކޫލަކަށް ކައުންސިލްގެ ފަރާތުން އެއް ލައްކަ ރުފިޔާ

އަައިޝަތު ޒީނާ | 136 ދުވަސް ކުރިން - 4 ޖޫން 2025 23:19
ކުޅުދުއްފުށި ސިޓީގެ ސްކޫލްތަކަށް ކައުންސިލްގެ ފަރާތުން "ސްކޫލް ގްރާންޓް" ޙަވާލުކުރުން. / ފޮޓޯ: ކުޅުދުއްފުށި ސިޓީ ކައުންސިލް
ކުޅުދުއްފުށި ސިޓީގެ ސްކޫލްތަކަށް ކައުންސިލްގެ ފަރާތުން "ސްކޫލް ގްރާންޓް" ޙަވާލުކުރުން. / ފޮޓޯ: ކުޅުދުއްފުށި ސިޓީ ކައުންސިލް
ޚުލާސާ

ސްކޫލް ގްރާންޓް ތަޢާރަފްކުރުމުގެ މަޤުޞަދަކީ އެ ސިޓީގެ ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސްކޫލްތަކުގެ ވަޞީލަތްތައް ތަރައްޤީކުރުމަށް އެހީތެރިވެދިނުން ކަމަށް ކައުންސިލުން ބުނި.

ކުޅުދުއްފުށި ސިޓީގެ ކޮންމެ ސްކޫލަކަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފަރާތުން އެއްލައްކަ ރުފިޔާ ދިނުމަށް ނިންމައިފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ އެ ސިޓީގެ ތިން ސްކޫލަކަށް މިއަހަރު ދިނުމަށް ކަނޑައަޅާފައިވާ "ސްކޫލް ގްރާންޓް" ޙަވާލުކުރުމަށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

މިއީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފަރާތުން ގްރާންޓުގެ ގޮތުގައި ދިނުމަށް ނިންމާފައިވާ ފައިސާކަމަށް އެ ކައުންސިލުން ބުންޏެވެ.

ގްރާންޓަށް ހުޅުވާލި ފުރުޞަތުގައި ސްކޫލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ހިމެނޭ ކަންކަން ހާސިލުކުރުމަށް ކޮންމެ ސްކޫލަކަށްވެސް 100،000 ރުފިޔާ ލިބިގެންދާއިރު، ސްކޫލް ގްރާންޓް ތަޢާރަފްކުރުމުގެ މަޤުޞަދަކީ އެ ސިޓީގެ ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސްކޫލްތަކުގެ ވަޞީލަތްތައް ތަރައްޤީކުރުމަށް އެހީތެރިވެދިނުން ކަމަށް ކައުންސިލުން ބުންޏެވެ.

މީގެ އިތުރުން ދަރިވަރުންގެ ކުރިއެރުމަށް ސްކޫލްތަކުން ހިންގަމުން އަންނަ ހަރަކާތްތަކަށް އެހީތެރިވުމާއި، ސްކޫލްތަކުގެ ޕީޓީއޭއިން ސްކޫލްތަކުގެ ތަރައްޤީއަށް ފަންޑު ހޯދުމަށް ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް މި ގްރާންޓުގެ މަޤުޞަދެއްކަން ކައުންސިލުން ފާހަގަކުރިއެވެ.

މިދިޔަ އަހަރުވެސް އެ ކައުންސިލުން ވަނީ ކުޅުދުއްފުށީގެ ކޮންމެ ސްކޫލަކަށް ގްރާންޓުގެ ގޮތުގައި 100،000ރ ރުފިޔާ ދީފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%