ރޭ ހުޅުމާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި 16 އަހަރުގެ ކުއްޖަކު ފުލުހުން ހައްޔަރުކޮށިފައެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ ހުޅުމާލެ ފޭސް-2 ގެ ހިޔާ ޕާކު ސަރަޙައްދުގައެވެ.

ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހަމަލާގައި އަނިޔާވެފައިވަނީ އިންޑިއާގެ ރައްޔިތަކަށް ކަމަށާއި އޭނާ އަށް ފަރުވާ ދިނުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލަށް ރޭ ގެންދިޔައެވެ. ނަމަވެސް، އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ހާދިސާ ހިނގި ސަރަޙައްދުގެ ބިންމަތީގައި ލޭ ހުރިއިރު، އަނިޔާވި މީހާ ސްޓްރެޗަރގައި ހޮސްޕިޓަލަށް ގެންދިޔަ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވެއެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަޙްޤީޤުކުރަމުންނެވެ.