ހުރިހާ ޙައްޖުވެރިންވެސް މިނާގައި، އިންތިޒާމު ބަރާބަރު! އަލްޙަމްދުލިއްލާހި

އުސްތާޛް މުޙައްމަދު ޢަލީ | 11 ދުވަސް ކުރިން - 4 ޖޫން 2025 09:34
ޙައްޖުވެރިމްމަށް މިނާއިން މަރުޙަބާ ކިޔުން.
ޙައްޖުވެރިމްމަށް މިނާއިން މަރުޙަބާ ކިޔުން.
ޚުލާސާ

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ދިވެހި ހުރިހާ ޙައްޖުވެރިންވެސް މިނާއަށް ގޮސްފި. ޙައްޖުވެރިން މިނާއަށް ގޮސްފައިވަނީ ރޭގެ ވަގުތެއްގަ. ހެނދުނުގެ ނާސްތާ ވަރަށް ރަނގަޅު.



ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަރަބިއްޔާއަށް ޒިޔާރަތްކުރި ދިވެހި ޙައްޖުވެރިން މިނާގައި ހެނދުނުގެ ނާސްތާގައި.

ރޭގެ ވަގުތެއްގައި ރާއްޖެއިން މިއަހަރު ޙައްޖަށް ދިޔަ 1000 ޙައްޖުވެރިން މިނާއަށް ދަތުރުކޮށްފިއެވެ. ޙައްޖުވެރިން، ހޮޓަލުން މިނާއަށް ދަތުރުކޮށްފައިވަނީ 21 ބަހުގައެވެ. މިވަގުތު ހުރިހާ ޙައްޖާޖީންގެ ޙާލުވެސް ޖުމްލަގޮތެއްގައި ރަނގަޅެވެ. އެންމެ ފަހުން ލިބުނު މަޢުލޫމާތަށް ބަލާއިރު ޙާޖީންތައް މިހާރު ވަނީ ހެނދުނުގެ ނާސްތާ ކޮށްފައެވެ.

ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަރަބިއްޔާއަށް ޒިޔާރަތްކުރި ދިވެހި ޙައްޖުވެރިން މިނާގައި ހެނދުނުގެ ނާސްތާގައި.

މިއަހަރު މިނާގެ އިންތިޒާމުތަކަކީ މީގެކުރިން ދުވަހަކުވެސް ދިވެހި ޙާޖީންނަށް ހަމަޖެހިފައިނުވާ ފެންވަރުގެ އިންތިޒާމު ތަކެކެވެ. އެގޮތުން މިއަހަރު ހުރިހާ ދިވެހި ޙައްޖާޖީން ތިބޭނީ، ދިވެހީންނަށް ޚާއްޞަ ފޭލިގެތަކުގައެވެ. އެހެން އިތުރު އެއްވެސް ޤައުމެއްގެ ޙާޖީންނެއް އެތަނުގައި ނުތިބޭނެއެވެ.

މިނާގެ އިންތިޒާމުތައް މިއަހަރު ރަނގަޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިރުޝާދުގެ ދަށުން، ދިވެހި ޙާޖީންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ކެޓަގަރީ މަތިކުރުމުންނެވެ. މީގެކުރިން ދިވެހި ޙާޖީންނަށް ދެމުންދިޔަ ސީ ކެޓަގަރީގެ ޚިދުމަތުގެ ބަދަލުގައި މިއަހަރު ޚިދުމަތް ދެނީ ބީ ކެޓަގަރީގައެވެ

ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަރަބިއްޔާއަށް ޒިޔާރަތްކުރި ދިވެހި ޙައްޖުވެރިން މިނާގައި ހެނދުނުގެ ނާސްތާގައި.

މިނާގެ އިންތިޒާމުތަކުގެ ފުރިހަމަކަމާމެދު ޙައްޖާޖީން ތިބީ ވަރަށް ހިތްހަމަޖެހިފައެވެ. ޙާޖީން ފާހަގަކުރިގޮތުގައި މިނާގެ ތިބުމުގެ އިންތިޒާމުތަކާމެދު މީގެކުރިން އަޑުއިވިފައިވާ ވާހަކަތަކާއި، މިއަހަރުގެ އިންތިޒާމުތައް ވަރަށް ތަފާތެވެ. މިއީ އުންމީދު ކުރި ފެންވަރަށްވުރެވެސް ރަނގަޅު ފެންވަރުގެ ޚިދުމަތްތަކެއްގެގޮތުގައި ޙާޖީން ސިފަކުރެއެވެ.

މިއަހަރު ޙާޖީންގެ ފޭލިގެތަކުގައި ތިބުމުގެ އިންތިޒާމުތަކުގެ އިތުރުން، ކެއުމުގެ ފެންވަރުވެސް އެތައް ގުނައެއް ރަނގަޅެވެ. އެގޮތުން މީގެކުރިން ޕާރުސަލުތަކުގައި ޙާޖީންނަށް ކެއުން ބެހިނަމަވެސް، މިއަހަރު ޙާޖީންނަށް ކެއުމުގެ ކަންކަން އިންތިޒާމުކޮށްފައިވަނީ ބުފޭގައެވެ.

ދިވެހި ޙާޖީންތައް ބަހުގައި. މިފަހަރުގެ އިންތިޒާމްތައް ވަރަށް ރަނގަޅު.

މީގެއިތުރުން ކޮންމެ ވަގުތަކުވެސް ޙާޖީން ބޭނުންވެއްޖެނަމަ ކެވޭނެ އިތުރު އިންތިޒާމުތައްވެސް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ފޭލިގެތަކުގެ އެތެރޭގައި ހުރިހާ ވަގުތަކު އައިސްކްރީމާއި، އެނޫންވެސް ކެއުންތަކާއި ބުއިންތައް ލިބޭނެ އިންތިޒާމުވެސް ހުރީ ހަމަޖައްސާފައެވެ.

އަދި މިއަހަރު ދިވެހި ޙައްޖާޖީން ބޭނުންކުރާނީ ދިވެހީންނަށް ޚާއްޞަ ފާޚާނާތަކެވެ. މިއީވެސް މިއަހަރުގެ އިންތިޒާމުތަކުގެ ފުރިހަމަކަން ހާމަވާ ކަމެއްގެ ގޮތުގައި ޙައްޖާޖީން ދަނީ ފާހަގަކުރަމުންނެވެ.

މިނާގައި ޙައްޖާޖީން މިއަދު މަޑު ކުރުމަށްފަހު މިރޭ ދަތުރުކުރާނީ އަރަފާތަށެވެ. އަރަފާތާއި މުޒްދަލިފާގައި މަޑުކުރުމަށްފަހު އަނެއްކާވެސް އެނބުރި ދާނީ މިނާއަށެވެ. އެގޮތުން ޙައްޖު މަހުގެ 11،12،13 ވަނަ ދުވަސްވެސް ހޭދަކުރަނީ މިނާގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%