Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހައްޖުގެ ރޫޓު ބަދަލުކޮށް މުއްދަތު ކުޑަކުރީ ސައުދީ ސަރުކާރުގެ އިރުޝާދާއެކު ހައްޖުވެރިންގެ ރައްކަލަކަށް: ޝަހީމް

ހައްޖުގެ ރޫޓު ބަދަލުކޮށް މުއްދަތު ކުޑަކުރީ ސައުދީ ސަރުކާރުގެ އިރުޝާދާއެކު ހައްޖުވެރިންގެ ރައްކަލަކަށް: ޝަހީމް

އަހްމަދު އީޒާން
418 ދުވަސް ކުރިން - 3 ޖޫން 2025 00:13
މައްކާގައި ތިބި ދިވެހި ހައްޖުވެރިން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މައްކާގައި ތިބި ދިވެހި ހައްޖުވެރިން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

މުއްދަތަށް ބަދަލު ގެނައީ ހައްޖުވެރިންގެ ރައްކާތެރިކަމާއި މަސްލަހަތާއި މޫސުމަށް ބަލައި ސިއްހަތަށް ބެލުމުގެ ގޮތުން ސައޫދީ އަރަބިއްޔާއިން ދެމުން އަންނަ އިރުޝާދުތަކަށް ރިއާޔަތްކުރުމުގެ ގޮތުން.

ދިވެހި ހައްޖުވެރިންގެ ހައްޖުގެ ރޫޓު ބަދަލުކޮށް، ސައުދި އަރަބިއްޔާގައި ތިބޭ މުއްދަތު ކުޑަކުރީ ސައުދީ ސަރުކާރުގެ އިރުޝާދާއެކު ހައްޖުވެރިންގެ ރައްކަލަކަށްޓަކާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ޝަހީމް ވިދާޅުވީ ހައްޖުގައި ތިބޭ މުއްދަތު ސަރުކާރުން 15 ދުވަހަށް ކުރުކޮށްލި ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

ސައުދީގައި 15 ދުވަހު ތިބޭ އެއްވެސް ބަޔަކު ނުތިބޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

Advertisement

Advertisement 1

ޝަހީމް ވިދާޅުވީ އެއް ފްލައިޓަކުން ދިޔަ މީހުން 18 ދުވަސް، އަނެއް ތިން ފްލައިޓުން ދިޔަ މީހުން 19 ދުވަހު ސައުދީގައި ތިބޭ ކަމަށެވެ.

ހައްޖަށްދާ މީހުން މީގެ އަހަރުތަކެއް ކުރިން 30 ދުވަހު ތިބޭ ނަމަވެސް، މި ފަހުގެ އަހަރުތަކުގައި އާންމުކޮށް 22 އާއި 25 ދުވަހު ދެމެދު ތިބިފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ އެއީ ހައްޖު ނިންމައިފައި މަދީނާއަށް ގޮސް މައްކާއަށް އެނބުރިދާތީވެ ކަމަށެވެ. ނަމަވެސް މިފަހަރު ހައްޖު ނިންމައިފައި މަދީނާއަށް ގޮސް މައްކާއަށް އެނބުރި ނުގޮސް ރާއްޖެއަށް ފުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތަށް ހަމަޖައްސާފައި ވަނީ ހައްޖުވެރިންގެ ރައްކާތެރިކަމާއި މަސްލަހަތާއި މޫސުމަށް ބަލައި ސިއްހަތަށް ބެލުމުގެ ގޮތުން ސައޫދީ އަރަބިއްޔާއިން ދެމުން އަންނަ އިރުޝާދުތަކަށް ރިއާޔަތްކުރުމުގެ ގޮތުން ކަމަށް ޝަހީމް ވިދާޅުވި އެވެ.

"ވީމާ ގައުމީ މިފަދަ ކަންކަމުގައި ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ނުދެއްކެވުން އިލްތިމާސްކުރަން. ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ނަމަ އެކަމާ މެދު މަޝްވަރާކޮށްގެން ހައްލެއް ހޯދާނެ ކަމުގެ ޔަގީންކަން ދެން،" ޝަހީމް އެވެ.

މި އަހަރު ރާއްޖެއިން ހައްޖަށް ދާ 1،000 ހައްޖުވެރިން މިހާރު ތިބީ މައްކާގަ އެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންމައްކާސައުދީ އަރަބިއްޔާމިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު
Advertisement
Advertisement

2 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެ އަހަރުން އެއް އަހަރު ބޭއްވުމަށް ނިންމައިފި

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެއަހަރުން އެއްއަހަރު ބޭއްވުމަށް ނިންމައިފި

15 ދުވަސް ކުރިން - 21:23

މުހައްމަދު ފިރުޒުލް: ހައްޖު ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރުމަށް ތައުލީމީ ޒުވާން ލީޑަރެއް!

މުހައްމަދު ފިރުޒުލް: ހައްޖު ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރުމަށް ތައުލީމީ ޒުވާން ލީޑަރެއް!

24 ދުވަސް ކުރިން - 19:56

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

29 ދުވަސް ކުރިން - 20:02

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

52 ދުވަސް ކުރިން - 17:15

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހައްޖުވެރިން މިރޭ އަރަފާތަށް ދަތުރު ފަށަނީ

ހައްޖުވެރިން މިރޭ އަރަފާތަށް ދަތުރު ފަށަނީ

61 ދުވަސް ކުރިން - 21:40

މިއަހަރުގެ އަމީރުލް ހައްޖަކަށް މިނިސްޓަރު ސައީދު ހަމަޖައްސައިފި

އަމީރުލް ހައްޖަކަށް މިނިސްޓަރު ސައީދު ހަމަޖައްސައިފި

67 ދުވަސް ކުރިން - 22:12