ހައްޖުވެރިންނަށް ހިލޭ ބޭސް ލިބޭނެ ގޮތް ހަމަޖައްސައިފި

އަހްމަދު އީޒާން | 1 ދުވަސް ކުރިން - 2 ޖޫން 2025 00:18
ރައީސް ޑރ. މުއިއްޒު މައްކާގައި ތިބި ދިވެހި ހައްޖުވެރިންނާއި ބައްދަލުކުރެއްވުން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ރައީސް ޑރ. މުއިއްޒު މައްކާގައި ތިބި ދިވެހި ހައްޖުވެރިންނާއި ބައްދަލުކުރެއްވުން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

ރައީސް އެކަން އިއުލާންކުރެއްވީ މިއަދު ހަވީރު މައްކާގައި ދިވެހި ހައްޖުވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި.

ދިވެހިން ހައްޖަށް ދާން ޖަހާ ވެކްސިނާއި ބޭނުންވާ ބޭސް އަދި ހައްޖަށް ގޮސް ތިބޭއިރު ޑޮކްޓަރަށް ދެއްކުމަށް ފަހު ނަގާ ބޭސް ވެސް، މިއަދުން ފެށިގެން ހިލޭ ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އެކަން އިއުލާންކުރެއްވީ މިއަދު ހަވީރު މައްކާގައި ދިވެހި ހައްޖުވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. އެ ބައްދަލުކުރެއްވުން ބޭއްވީ މައްކާގައި ދިވެހި ހައްޖުވެރިން ތިބޭ ހޮޓަލުގަ އެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް ހައްޖަށް ދާއިރު ބޭނުންވާ މެޑިކަލް ކަންކަން ހިލޭ ފުރިހަމަ ކުރެވޭނެ ކަމަށާއި ވެކްސިން ވެސް ރަށުގައި ތިބެގެން ހިލޭ ޖެހޭނެ ގޮތް ފަހިކޮށްދެއްވާނެ ކަމަށެވެ.

ދިވެހި ސަރުކާރުން އެންމެ އިސްކަމެއްދޭނީ ހައްޖާޖީންގެ ކަންތައްތައް ވީހާ ވެސް ރަނގަޅަކަށް ފުރިހަމަކޮށް ދިނުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިވެހީން ހައްޖަށް ގޮސް އެނބުރި ރާއްޖެ އަންނަން ދެން ހުރިހާ ކަމެއް ވީހާ ވެސް ފުރިހަމައަށް ކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

މި އަހަރު ރާއްޖެއިން ހައްޖަށް ދާ 1،000 ދިވެހިން މިހާރު ތިބީ މައްކާގަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%