Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މައްކާގައި ތިބި ދިވެހި ހައްޖުވެރިންނާއި ރައީސް ބައްދަލުކުރައްވައިފި

މައްކާގައި ތިބި ދިވެހި ހައްޖުވެރިންނާއި ރައީސް ބައްދަލުކުރައްވައިފި

އަހްމަދު އީޒާން
418 ދުވަސް ކުރިން - 3 ޖޫން 2025 00:24
ރައީސް ޑރ. މުއިއްޒު މައްކާގައި ތިބި ދިވެހި ހައްޖުވެރިންނާއި ބައްދަލުކުރެއްވުން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ރައީސް ޑރ. މުއިއްޒު މައްކާގައި ތިބި ދިވެހި ހައްޖުވެރިންނާއި ބައްދަލުކުރެއްވުން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

ރައީސް އާއި ޙައްޖުވެރިންގެ ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ދިވެހި ހައްޖުވެރިން މައްކާގައި ތިބޭ ހޮޓަލުގައި.

މައްކާގައި ތިބި ދިވެހި ހައްޖުވެރިންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފި އެެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ދިވެހި ހައްޖުވެރިން މައްކާގައި ތިބޭ ހޮޓަލުގައި ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުހައްމަދު ލަތީފްގެ އިތުރުން ރައީސްގެ އަރިހުގައި ސައުދީއަށް ވަޑައިގެންނެވި އިތުރު މިނިސްޓަރު ވެސް ބައިވެރިވެވަޑައިގަތެވެ.

Advertisement

Advertisement 1

މިނިސްޓްރީން ބުނީ އެ ބައްދަލުކުރެއްވުމުގައި ޙައްޖުވެރިންނާއި މުހާތަބު ކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި ހައްޖުވެރިންނާ ގުޅޭ ކަންކަން ހަރުދަނާކުރުމަށް ސަރުކާރުން މިހާތަނަށް ކޮށްފައިވާ ކަންކަމަށް އަލިއަޅުއްވާލެއްވި ކަމަށެވެ. މި އަހަރު ހައްޖުވެރިން މައްކާއިން މަދީނާއަށް ކުރާ ދަތުރު ހައި ސްޕީޑް ޓްރެއިންގައި ދަތުރުކުރާ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިވެހި ސަރުކާރުން އެންމެ އިސްކަމެއްދޭނީ ދިވެހި ހައްޖާޖީންނަށް ވީހާ ވެސް ފުރިހަމަ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ކަމަށާއި އެންމެ ފުރަތަމަ މަރުހަލާއިން ފެށިގެން ހައްޖާޖީން އެނބުރި ރާއްޖެ އަންނަންދެން ހުރިހާ ކަމެއްގައި ވެސް ވީހާ ވެސް ފުރިހަމައަށް އިންތިޒާމުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރައީސް ޑރ. މުއިއްޒު މައްކާގައި ތިބި ދިވެހި ހައްޖުވެރިންނާއި ބައްދަލުކުރެއްވުން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި އަހަރުގެ ހައްޖަކީ ދިވެހިންނަށް ތާރީހީ ހައްޖަކަށް ވާނެ ކަމަށާއި އެގޮތުން ސައުދީ ސަރުކާރާއި އެ ގައުމުގެ ވަލީއަހުދުގެ ހާއްސަ ނިންމެވުމުގެ ދަށުން "މައްކާ ރޫޓު އިނީޝިއޭޓިވް"ގެ ތެރެއިން ދިވެހި ހައްޖާޖީންނަށް މިފަހަރު ފަހި ފުރުސަތުތަކެއް ލިބި ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ދިއުމުގައި ވަރަށް ބޮޑު ލުޔެއް ލިބިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އެކަމަށްޓަކައި ސައުދީ ރަސްގެފާނަށާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

މި އަހަރު ރާއްޖެއިން ހައްޖަށް ދާ 1،000 ހައްޖުވެރިން މިހާރު ވަނީ މައްކާއަށް ގޮސްފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުސައުދީ އަރަބިއްޔާމައްކާމޯލްޑިވްސް ހައްޖު ކޯޕަރޭޝަންމިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން: ރައީސް

"ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން"

1 ގަޑިއިރު ކުރިން - 14:24

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވެގެންދާނެ: ރައީސް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާނަން: ރައީސް

1 ގަޑިއިރު ކުރިން - 13:55

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް، އިންސާފު ލިބިގަތުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދޭ: ރައީސް

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް: ރައީސް

2 ގަޑިއިރު ކުރިން - 13:11

ތިލަފުށީގައި ޕޯޓު ތަރައްގީކުރުން: ކުރީ ސަރުކާރުތަކުން ދެއްކީ ހުސް ވާހަކަ، އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ޕޯޓު ހުޅުވާނަން: ރައީސް

އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ގާއިމްކުރާ ޕޯޓު ހުޅުވާނަން: ރައީސް

2 ގަޑިއިރު ކުރިން - 12:47

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

3 ގަޑިއިރު ކުރިން - 12:27

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

19 ގަޑިއިރު ކުރިން - 20:04