ލ. އަތޮޅުގައި ބޭއްވި އޭއެފްސީ "ސީ" ލައިސެންސް ކޯޗިން ކޯސް ނިމިއްޖެ

އާނާ ފަހީމް | 138 ދުވަސް ކުރިން - 2 ޖޫން 2025 20:42
ލ. އަތޮޅު ފޮނަދޫގައި ބޭއްވުނު އޭއެފްސީ "ސީ" ލައިސެންސް ކޯޗިން ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު/ ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ލ. އަތޮޅު ފޮނަދޫގައި ބޭއްވުނު އޭއެފްސީ "ސީ" ލައިސެންސް ކޯޗިން ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު/ ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ޚުލާސާ

ލ. ފޮނަދޫގައި ބޭއްވުނު އޭއެފްސީ "ސީ" ލައިސެންސް ކޯޗިން ކޯހުގައި 16 ބައިވެރިން ބައިވެރިވެ، ކާމިޔާބުކަމާއެކު ނިންމާލައިފި.

ލ. އަތޮޅު ފޮނަދޫގައި ބޭއްވުނު އޭއެފްސީ "ސީ" ލައިސެންސް ކޯޗިން ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްއިން ކުރިޔަށް ގެންދިޔަ މި ކޯހުގައި 16 ބައިވެރިން ބައިވެރިވިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަދި ލ. އަތޮޅު ކައުންސިލާއި ގުޅިގެން ކުރިޔަށް ގެންދިޔަ މި ކޯހުގައި ކިޔަވައިދިނީ ރާއްޖޭގެ ފުޓްބޯޅައިގެ ތަޖުރިބާކާރު ދެ ކޯޗުންނެވެ. އެއީ މުހައްމަދު ޝާޒްލީ އާއި އަލީ ނިސްތާރު މުހައްމަދެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ނޭޝަނަލް ސްޕޯޓްސް އިންސްޓިޓިއުޓުން ކުރިޔަށް ގެންދިޔަ މި ކޯހަކީ އަންނަން އޮތް ޖީލުގެ ފުޓްބޯޅަ ކޯޗުން ކުރިއަރުވާ ބާރުވެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%