އިސްރާއީލަށް ތާއީދުކުރި ބަޔަކަށް އެމެރިކާގައި ހަމަލާދީފި

ޖަވާދު | 1 ދުވަސް ކުރިން - 2 ޖޫން 2025 14:44
އެމެރިކާގެ ކޮލޮރާޑޯ ސްޓޭޓުގައި ޔަހޫދީންނަށް ތާއީދުކުރާ މީހުންނަަށް ޙަމަލާ ދިން މީހާ / ފޮޓޯ: ބީބީސީ
އެމެރިކާގެ ކޮލޮރާޑޯ ސްޓޭޓުގައި ޔަހޫދީންނަށް ތާއީދުކުރާ މީހުންނަަށް ޙަމަލާ ދިން މީހާ / ފޮޓޯ: ބީބީސީ
ޚުލާސާ

އެމެރިކާގައި އިސްރާއީލަށް ތާއީދުކުރާ ބަޔަކު ބޭއްވި އެއްވުމެއްގައި ހަމަލާދީ 8 މީހުން ޒަޚަމްކޮށްލުމުން އެފްބީއައި އިން ދަނީ މައްސަލަ ތަޙްޤީޤް ކުރަމުން. މިޞްރު މީހަކު ވަނީ ހައްޔަރުކޮށްފަ.

އެމެރިކާގެ ކޮލޮރާޑޯ ސްޓޭޓުގައި އިސްރާއީލަށް ތާއީދުކުރާ ބަޔަކު ބޭއްވި ބައްދަލުވުމެއްގެ ތެރެއަށް މީހަކު ވަދެ ބަޔަކަށް ޙަމަލާދިން މައްސަލަ އެފްބީއައި އިން ބަލަން ފަށައިފިއެވެ.

ޣައްޒާ ރައްޔިތުން ޤަތުލުކުރާއިރު ވެސް އެކަމާއި ދެކޮޅަށް އެއްވެސް އެއްޗެއް ނުބުނެ، އެކަމަށް ތާޢީދުކުރާ ބަޔަކު ބޭއްވި ބައްދަލުވުމަކަށް ވަދެ ޙަމަލާ ދިން މީހާ ވަނީ 8 މީހުން ޒަޚަމްކޮށްލައިފިއެވެ. މި ހަމަލާ ދިނީ އެމެރިކާގައި ދިރިއުޅޭ 45 އަހަރުގެ މިޞްރު ރައްޔިތެއް ކަމަށްވާ މުޙައްމަދު ސަބްރީ ސޮލިމާން ކިޔާ މީހެއް ކަމަށް މަޞްދަރުތަކުން ބުނެއެވެ.

”ފްރީ ފަލަސްޠީން” ގޮވަމުން އެމީހުންގެ ތެރެއަށް ވަދެގަތް މީހާ ޙަމަލާ ދިނީ ބިއްލޫރި ފުޅިއަކަށް ގޮވާތަކެތި އަޅައިގެންނެވެ.

2023 ވަނަ އަހަރު ނަސްލު ނައްތާލުމުގެ ހަނގުރާމަ ފެށުނު ފަހުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭއްވޭ މުޒާހަރާތަކުގައި ފަލަސްތީނަށް ތާއީދުކުރާ އެތައް ބަޔަކަށް ވެސް އަނިޔާ ދީފައި ވެއެވެ. މިފަދަ ހާދިސާތަކުގައި ސަލާމަތީ ބާރުތަކާއި ދެކޮޅަށް ވެސް ތަޅާފައި އެބަހުއްޓެވެ. އަދި ޢާންމުންނަށް ވެސް ބޮޑެތި އަނިޔާ ލިބިފައި އެބަހުއްޓެވެ.

އޭގެތެރެއިން ފާހަގަ ކޮށްލެވޭ ބައެއް ހާދިސާ ތަކުގެ ތެރޭގައި، މިދިޔަ އަހަރުގެ މޭ މަހު އެމެރިކާގެ ޔުނިވަރސިޓީ އޮފް ކެލިފޯނިއާ، ލޮސް އެންޖެލެސް (ޔޫސީއެލްއޭ) ގައި ހިނގި ހާދިސާއެއްގައި މަދުވެގެން 15 މީހުން ޒަޚަމްވެ 150 އަށްވުރެ ގިނަ ދަރިވަރުންގެ ގަޔަށް ޕެޕަރ ސްޕްރޭ ޖަހާފައިވާއިރު، މަދުވެގެން 25 ދަރިވަރުން އެކި ބާވަތުގެ އަނިޔާތަކާއި ގުޅިގެން ހޮސްޕިޓަލްތަކަށް ގެންދަން ޖެހުނު ހާދިސާއާއި، ޔޫރަޕްގައި ފަލަސްޠީނަށް ތާއީދުކޮށް ބޭއްވި އިވެންޓެއްގައި ފުލުހުންނާއި ދެމެދު ހިނގި ކުރިމަތިލުމަކުން 30 ފުލުހުންނާއި ޢާންމު ރައްޔިގުންގެ 3 މީހުން ޒަޚަމްވި ހާދިސާ ވެސް ފާހަގަ ކުރެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%