ޣައްޒާގެ ނަސްލު ނައްތާލުމަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މިހާތަނަށް 68،000 އަށް ވުރެ ގިނަ މީހުން ނުކުޅެދޭ މީހުންނަށް ވެއްޖެއެވެ.
ގިނަ މީހުން ނުކުޅެދޭ މީހުންނަށް ވެފައި ވަނީ ފައިގެ ކަށިތައް ބިންދައިގެން ދިޔުމާއި، ބުރިކުރަން ޖެހުމާއި، މައިބަދައިގެ ނާރުތަކަށް އަނިޔާވުމާއި، ފިހިގެންނެވެ. އެވަރުންވެސް އެމީހެއްގެ އަޒުމަކަށް ބަދަލެއް ނާދެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ފެށި މި ހަނގުރާމައިގައި 53،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް އދ އިން ބުނެއެވެ. ނަމަވެސް ހަމާސް އިން ބުނަނީ 60،000 އަށް ވުރެ ވެސް ގިނަ މީހުން ޝަހީދުވެފައިވާ ކަމަށެވެ. ޝަހީދުވި މީހުންގެ ތެރޭގައި 16،500 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ. މީގެ އިތުރުން 110،000 އަށް ވުރެ ގިނަ ރައްޔިތުން ޝަހީދުވި ކަމަށް އދ ގެ ހިސާބުތަކުން ދައްކައެވެ.
މި ހަނގުރާމައިގައި އިސްރާއީލުން ސީދާ ކުޑަކުދިންނަށް ޓާގެޓްކޮށް ހަމަލާ ދެއެވެ. އެގޮތުނަ އެވްރެޖްކޮށް މަހަކު 475 ކުދިންނަށް އަނިޔާދީ ދާއިމީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެކުދިން ހަދައެވެ.
އިސްރާއީލުން ވަނީ ބޮން އަޅައި ޣައްޒާގެ ސިއްހީ ޚިދުމަތުގެ އިންފްރާސްޓްރަކްޗަރ ވެސް ހަލާކު ކޮށްލާފައެވެ.
މި ހަނގުރާމައިގެ ސަބަބުން ގާތްގަނޑަކަށް ދެމިލިއަން މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، މިއީ ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް %90 އެވެ.