Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންޑިއާގެ ޕީވީއާރް އިން ސިނަމާއެއް ހަދަން ދެން ބޭނުންވާ ފުރަތަމަ ގައުމަކީ ދިވެހިރާއްޖެ

އިންޑިއާގެ ޕީވީއާރް އިން ސިނަމާއެއް ހަދަން ދެން ބޭނުންވާ ފުރަތަމަ ގައުމަކީ ދިވެހިރާއްޖެ

އައިޝަތު ރުވާ ރިފްޢަތު
454 ދުވަސް ކުރިން - 1 ޖޫން 2025 08:41
ޕީވީއާރްގެ ސިނަމާއެއް
ޕީވީއާރްގެ ސިނަމާއެއް
ޚުލާސާ

ދުނިޔޭގެ އެހެން ގައުމެއްގައި ސިނަމާއެއް ހުޅުވަން ފުރުސަތު ލިބިއްޖެނަމަ، އެންމެ ފުރަތަމަ ހިޔާރުކުރާނީ ދިވެހިރާއްޖެކަމަށް އިންޑިއާގެ ކުންފުންޏަކުން ބުނެފި.

އިންޑިއާގެ އެންމެ ބޮޑު ސިނަމާ ހިންގާ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުނި ކަމަށްވާ ޕީވީއާރް އިން ދިވެހިރާއްޖޭގައި ސިނަމާއެއް ހުޅުވުމަށް ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

މި ކުންފުނީގެ ޖޮއިންޓް މެނޭޖިން ޑައިރެކްޓަރު ސަންޖީވް ކުމާރް ބިޖްލީ ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމެއްގައި ސިނަމާއެއް ހުޅުވަން ފުރުސަތު ލިބިއްޖެނަމަ، އެންމެ ފުރަތަމަ ހިޔާރުކުރާނީ ދިވެހިރާއްޖެ ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހު އިންޑިއާގެ ވީލޮގް "ބްރަޓް އިންޑިއާ" އަށް ދެއްވި އިންޓަވިއުއެއްގައި ސަންޖީވް ވިދާޅުވީ، "އަހަރެން ހިޔާރުކުރާނީ ދިވެހިރާއްޖެ. ރާއްޖެއަކު ސިނަމާއެއް ނެތް. އަހަންނަށް ހީވަނީ ރާއްޖެއަށް ދަތުރުކުރާ މީހުންނާއި ޓޫރިސްޓުންނަށް، މޫދު ކުޅިވަރުގެ އިތުރުން ސިނަމާއެއްގައި ފިލްމެއް ބަލައިލުން ވަރަށް ފުރިހަމަ ތަޖުރިބާއަކަށް ވާނެހެން" ކަމަށެވެ.

Advertisement

Advertisement 1

ޕީވީއާރް އިނޮކްސްއަކީ އިންޑިއާގައި 1،700 އަށް ވުރެ ގިނަ ސިނަމާ ހިންގާ، 25 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ އޮތް ކުންފުންޏެކެވެ. އިންޑިއާގެ އިތުރުން މި ކުންފުނިން ސްރީ ލަންކާގައިވެސް ސިނަމާ ހިންގައެވެ. މި ކުންފުނިން އެކި ވައްތަރުގެ ސިނަމާތައް ހިންގާ އިރު، އޭގެ ތެރޭގައި ސްޓޭންޑާޑް މެއިންސްޓްރީމް ތިއޭޓަރުތަކާއި ޕްރިމިއަމް ފޯމެޓުގެ ތިއޭޓަރުތައް ހިމެނެއެވެ.

މި ވަގުތު ރާއްޖޭގައި ހިންގަމުންދަނީ ދެ ސިނަމާއެވެ. އެއީ ދިވެހި ފިލްމަށް ހާއްސަ އޮލިމްޕަހާއި ބޭރުގެ ފިލްމުތައް އަޅުވާ ޝުވެކް ސިނެމާއެވެ. ނަމަވެސް، ރާއްޖޭގައި ރަނގަޅު ފެންވަރުގެ ސިނަމާއެއް ނެތުމުން ފިލްމަށް ދިއުމަށް ލޯބިކުރާ މީހުންގެ ޝަކުވާ އަބަދުވެސް އޮވެއެވެ.

ޕީވީއާރް ފަދަ ބޮޑު ކުންފުންޏަކުން ރާއްޖޭގައި ސިނަމާއެއް ހުޅުވުމަށް ޝައުގުވެރިކަން ފާޅުކުރުމަކީ، ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް އައު ކުރިއެރުމެއް ލިބިދާނެ ކަމެއް ކަމަށް ލަފާކުރެވެއެވެ.

އިންޑިއާމުނިފޫހިފިލުވުން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިޕޯޓް: ތިލަމާލެ ބްރިޖު – ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

ތިލަމާލެ ބްރިޖު – ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

6 ދުވަސް ކުރިން - 18:55

ޖެން-ޒީގެ ވޯޓު ހޯދުމަށް މޯދީ "ރީލްސް" ހައްދަވަން ފައްޓަވައިފި: ސިޔާސީ އުސްލޫބަށް ބޮޑު ބަދަލެއް!

ޖެން-ޒީގެ ވޯޓު ހޯދުމަށް މޯދީ "ރީލްސް" ހައްދަވަން ފައްޓަވައިފި

7 ދުވަސް ކުރިން - 10:25

ފަވަރަ އާއި ޔޫޕީއައި ގުޅާލައިފި: އިންޑިއާއަށް ސިކުންތުކޮޅެއްގެ ތެރޭގައި ފައިސާ ފޮނުވޭނެ މަގު ތަނަވަސްވެއްޖެ

އިންޑިއާއަށް ސިކުންތުކޮޅެއްގެ ތެރޭގައި ފައިސާ ފޮނުވޭނެ މަގު ތަނަވަސްވެއްޖެ

29 ދުވަސް ކުރިން - 13:43

އިންޑިއާގެ މުޒާހަރާ: މާދަމާއަށް 50 ދުވަސް! އެޑިޔުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

އިންޑިއާގެ އެޑިޔުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

35 ދުވަސް ކުރިން - 16:38

އިންޑިއާގެ ޓެސްޓް ކަރުދާސް ލީކުވި މައްސަލަ: 'ކޮކްރޯޗް' ލީޑަރުންނާއި ސަރުކާރާ ދެމެދު މަޝްވަރާތައް ފަށައިފި

'ކޮކްރޯޗް' ލީޑަރުންނާއި ސަރުކާރާ ދެމެދު މަޝްވަރާތައް ފަށައިފި

36 ދުވަސް ކުރިން - 16:07

ދިއްލީގައި ކިޔަވާކުދިންނާއި ފުލުހުންގެ މެދުގައި ވަރުގަދަ ކުރިމަތިލުމެއް ހިނގައި، 120 މީހުން ޒަޚަމްވެއްޖެ

އިންޑިއާގައި ކިޔަވާކުދިންނާއި ފުލުހުންގެ މެދުގައި މާރާމާރީ! 120 މީހުން ޒަހަމްވެއްޖެ

38 ދުވަސް ކުރިން - 13:43