ފުރާންސުން ޖުލައި މަހަށްފަހު ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރަނީ

ޖަވާދު | 99 ދުވަސް ކުރިން - 31 މޭ 2025 17:07
ފްރާންސްގެ ހެލްތު އެންޑް ފެމިލީ މިނިސްޓަރު ކެތަރިން ވޮޓްރިން - އޭނާ ވިދާޅުވީ ކުޑަކުދިން ތިބޭ ތަންތަނުގައި ދުނަފަތް މަނާވާން ޖެހޭނެ ކަމަށް،
ފްރާންސްގެ ހެލްތު އެންޑް ފެމިލީ މިނިސްޓަރު ކެތަރިން ވޮޓްރިން - އޭނާ ވިދާޅުވީ ކުޑަކުދިން ތިބޭ ތަންތަނުގައި ދުނަފަތް މަނާވާން ޖެހޭނެ ކަމަށް،
ޚުލާސާ

ކުޑަކުދިންނާއި ޒުވާނުން އުޅޭ ތަންތަނުގައި ފުރާންސުން ޖުލައި މަހަށްފަހު ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރަނީ

**ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފްރާންސުގައި ކުޑަކުދިން ގޮސް އުޅޭ ހުރިހާ ސަރަޙައްދުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރާނެ ކަމަށް އެ ޤައުމުގެ ހެލްތު މިނިސްޓަރު ކެތަރިން ވޮޓްރިން އިއުލާން ކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިކަމުގެ މަގުސަދަކީ ކުޑަކުދިންގެ ސިއްހަތު ރައްކާތެރިކޮށް، ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމެވެ. އަދި މި ޤަވާޢިދާއި ޚިލާފުވާ ފަރާތްތައް 135 ޔޫރޯ އާއި ހަމައަށް ޖޫރިމަނާ ކުރާނެ އެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ 2500 އެއްހާ ރުފިޔާއެވެ.

ފްރާންސުން ބޭނުން ވަނީ 2032 ވަނަ އަހަރުގެ ނިޔަލަށް ދުންފަތުގެ އިސްތިއުމާލު ނުކުރާ ޖީލެއް އުފެއްދުމަށެވެ.

ފްރާންސްގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ނިސްބަތް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، އުމުރުން 18–75 އަހަރުގެ ބޮޑެތި މީހުންގެ ތެރެއިން ދުންފަތުގެ އިސްތިޢުމާލު ކުރަނީ ގާތްގަނޑަކަށް %25 ޕަސެންޓެވެ. ދުންފަތުގެ ސަބަބުން ފްރާންސުގައި އަހަރަކު ގާތްގަނޑަކަށް 75،000 މީހުން މަރުވެއެވެ.

މި އަހަރުގެ ޖެނުއަރީ މަހާއި ހަމަޔަށް ޢާންމު ކޮށްފައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި އެ ޤައުމުގެ މިހާރުގެ އާބާދީ އަކީ 68.6 މިލިއަން މީހުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 2 ކޮމެންޓް

0%
0%
0%
0%
0%

ނބ

96 ދުވަސް ކުރިން - 12:47

ތަންކޮޅެއް ރަނގަޅައް ސުުރުހީ ޖަހަން ދަސްކުރަން ފެނޭ

ތައުފީގު

99 ދުވަސް ކުރިން - 18:48

މާ މޮޅު ޚަބަރެއްކަމަށް ސުރުޚީ އަޅާފަ ތިޔަ ލިއުނީ ބީތާޔާ ދުންފަތް މަނާކުރަނީކީ ނޫނޭ އިނގޭ.. ދުންފަތް ވަކި މާގަމްތަކެއްގައި ބުއިން މަނާކުރަނީ .. އެއީ ރާއްޖޭގައިވެސް މާކުރީން މަނާކޮށްފައި އޮތް އޮތުމެއް .. އެއީ ހަމަ ކުރަން ޖެހޭ ކަމެއް.. ކައްޒާބުހެން ބަޖެޓް ސަޕޯޓަށް ދުންފަތް އަގުބޮޑު ކުރީކީ ނޫން .. އަދި ފުރާންސުން އެކުރަނީ އެބޯ މީހުނަށް ކުރި ޖެއްސުމެއްވެސް ނޫން.. އަމަޔޭ ލިޔެބަލަ..