މައުރަޒު ނިމެނީ! މިރެޔަކީ ފަހު ރޭ

ހުސައިން އިސްމާއިލް | 1 ދުވަސް ކުރިން - 31 މޭ 2025 14:57
ރައީސުލްޖުމްހޫރިއްޔާހެ ދެކަނބަލުން މައުރަޒް ބައްލަވައިލައްވަނީ. / ފޮޓޯ: ޚުލާޞާ
ރައީސުލްޖުމްހޫރިއްޔާހެ ދެކަނބަލުން މައުރަޒް ބައްލަވައިލައްވަނީ. / ފޮޓޯ: ޚުލާޞާ
ޚުލާސާ

މިއަދު ހަވީރު 16:00 އިން ރޭގަނޑު 00:00 އަށް އެކި ބާވަތުގެ ހަރަކާތްތައް ކުރިޔަށްދާނެ. އެއަށްފަހު މައުރަޒު ނިމޭނެ.

އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު މިރޭ ނިމުމަކަށް އަންނައިރު، މިިއަދާއި މިރޭ ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދާނެކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން (ބީސީސީ) ބުނެފިއެވެ.

މައުރަޒު އިންތިިޒާމުކުރާ ބީސީސީން މަަޢުލޫމާތު ދިންގޮތުގައި، މިއަދު ހަވީރު 16:00 އިން ރޭގަނޑު 00:00 އަށް އެކި ބާވަތުގެ ހަރަކާތްތައް ކުރިޔަށްދާނެއެވެ. މީގެ ތެރޭގައި ސްޓޭޖް ހަރަކާތްތަކާއި ކުޑަކުދިންނަށް ޚާއްޞަކޮށްގެން ގެންދާ ކުޅިވަރު ހަރަކާތްތައް ހިމެނެއެވެ.

ސްޓޭޖް ހަރަކާތްތަކުގެ ތެރޭގައި ބޭންޑް ހަރަކާތަކާއި، ބޮޑުބެރު ހަރަކާތެއްގެ އިތުރުން ފެޝަން ޝޯވއެއް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. ކުޑަކުދިންނަށް ޚާއްޞަކޮށްގެން ގެންދާ ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ޕްލޭސްޓޭޝަން ގޭމް އަދި 360 ވީޑިއޯ ބޫތް ފަދަ ހަރަކާތްތައް ހިމެނެއެވެ.

މި މައުރަޒުގައި ޖުމްލަ 383 ފަރާތަކުން ބައިވެރިވެ، 3600 އަށްވުރެ ގިނަ ތަކެތި ބައިވެރިކޮށްފައިވެއެވެ. އެންމެ ގިނަ ތަކެތި ބައިވެރިކޮށްފައިވަނީ މާލެއިންނާއި ބ. ތުޅާދޫއިންނެވެ. މިފަހަރުގެ މައުރަޒުގައި 15 ދާއިރާއަކުން 81 ގިންތިއަކުން ތަކެތި ބައިވެރިކުރުމުގެ ފުރުޞަތު ވަނީ ދީފައެވެ.

މިއަހަރުގެ މައުރަޒުގައި ކުރީ އަހަރުތަކާއި ޚިލާފަށް ޑިޖިޓަލް އުފެއްދުންތަކާއި ޚިދުމަތްތައްވެސް ދައްކާލުމަށް ވަނީ ފުރުޞަތު ދީފައެވެ.

މިއީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރިތައް ފުޅާކުރުމުގެ މަޤްޞަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ބޭއްވޭ މައުރަޒެކެވެ. މި މައުރަޒު ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ 2024 ވަނަ އަހަރުގެ މެއި 20 ވަނަ ދުވަހު، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%