Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސްގެ ދެކަނބަލުން "މޯލްޑިވްސް އެކްސްޕޯ 2025" ހުޅުވައިދެއްވައިފި

ރައީސްގެ ދެކަނބަލުން "މޯލްޑިވްސް އެކްސްޕޯ 2025" ހުޅުވައިދެއްވައިފި

އާނާ ފަހީމް
469 ދުވަސް ކުރިން - 23 މެއި 2025 23:19
ރައީސްގެ ދެކަނބަލުން "މޯލްޑިވްސް އެކްސްޕޯ 2025" ހުޅުވައިދެއްވަނީ/ފޮޓޯ: ރައީސް އޮފީސް
ރައީސްގެ ދެކަނބަލުން "މޯލްޑިވްސް އެކްސްޕޯ 2025" ހުޅުވައިދެއްވަނީ/ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ ދިވެހީންގެ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މައުރަޒު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހުޅުވައިދެއްވައިފި.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ ދިވެހީންގެ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މައުރަޒު ކަމަށްވާ "މޯލްޑިވްސް އެކްސްޕޯ 2025" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިރޭ ހުޅުވައިދެއްވައިފިއެވެ.

މި މައުރަޒަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބާއްވާ މައުރަޒެކެވެ. މިއީ އުފެއްދުންތެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މައުރަޒެވެ.

މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ބޮޑުބެރާއި ތަފާތު އެކި ހަރަކާތްތައް ހިމެނުނެވެ. އަދި އެންމެ ޚާއްޞަ ހަރަކާތެއްގެ ގޮތުގައި ހަވާވެސް ވަނީ އަރުވާފައެވެ.

Advertisement

Advertisement 1

މައުރަޒު ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ވަނީ މައުރަޒުގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެ ސްޓޯލްތަކުގައި ކުރިއަށްދާ ކަންކަން ބައްލަވާލައްވާފައެވެ.

މި މައުރަޒުގައި އުފެއްދުންތެރި އިޤްތިޞާދީ ޑިސްޓްރިކްޓް، ޑިޖިޓަލް އަދި އީޖާދީ ޑިސްޓްރިކްޓް، މުނިފޫހިފިލުވުމުގެ ޑިސްޓްރިކްޓް އަދި ބާޒާރު ޑިސްޓްރިކްޓްގެ ނަމުގައި ޚާއްޞަ ސަރަޙައްދުތަކެއް ވަނީ ކަނޑައަޅާފައެވެ. މި ހުރިހާ ޑިސްޓްރިކްޓަކަށްވެސް ރައީސްގެ ދެކަނބަލުން ވަނީ ވަޑައިގެން އެތަނުގެ ކަންކަން ބައްލަވާލައްވާފައެވެ.

"މޯލްޑިވްސް އެކްސްޕޯ 2025" އަކީ ދިވެހީންގެ ޒަމާންވީ މަސައްކަތްތެރިކަމާއި އަދި ޒަމާނީ ފަންނުވެރިކަން ހިމެނޭހެން ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ފަންނުވެރިންގެ ހުނަރުވެރި އުފެއްދުންތައް އެއްފުރާޅެއްގެ ދަށުން ދައްކުވައިދޭނެ މައުރަޒެކެވެ. މި މައުރަޒުގައި އުފެއްދުންތައް ދައްކާލުމުގެ އިތުރުން، ހުނަރުވެރިކަމާއި ފަންނުވެރިކަން އަދި އުފެއްއުފެއްދުންތެރިކަމުގެ ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުޞަތު އާންމުންނަށް ލިބިގެންދާނެއެވެ.

މި މައުރަޒުގައި 200 އަށްވުރެ ގިނަ ސްޓޯލް ހިމެނޭއިރު، އޭގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ޖަމްޢިއްޔާތަކުގެ ސްޓޯލްތައް ހިމެނެއެވެ. މީގެ އިތުރުން، ތަފާތު މަސައްކަތު ބައްދަލުވުންތަކާއި ޕެނަލް ޑިސްކަޝަންތައްވެސް މި މައުރަޒުގައި ކުރިއަށްދާނެއެވެ.

"މޯލްޑިވްސް އެކްސްޕޯ 2025" ގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ އުފެއްދުންތެރި އަދި އީޖާދީ އުފެއްދުންތައް ހުށަހަޅާ ފަރާތްތަކަށް ޚާއްޞަ އިނާމުތަކެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މައުރަޒު ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ހަފްތާގެ ނިޔަލަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ރައީސުލްޖުމްހޫރިއްޔާގެ އޮފީސްމައުރަޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނޭޕާލްގެ ބޮޑުވަޒީރުގެ ޑިޒާސްޓަރ ރިލީފް ފަންޑަށް، 1 މިލިއަން ރުފިޔާ ހަދިޔާކުރެއްވުމަށް ނިންމަ

ނޭޕާލްގެ ބޮޑުވަޒީރުގެ ޑިޒާސްޓަރ ރިލީފް ފަންޑަށް، އެއްމިލިއަން ރުފިޔާ ދޭން ނިންމައިފި

6 ގަޑިއިރު ކުރިން - 13:36

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

3 ދުވަސް ކުރިން - 13:50

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

3 ދުވަސް ކުރިން - 12:54

ރައީސްގެ އިލްތިމާސް: ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ރައްކާތެރިކަން ކަށަވަރުކުރޭ!

ރައީސްގެ އިލްތިމާސް: ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ރައްކާތެރިކަން ކަށަވަރުކުރޭ!

3 ދުވަސް ކުރިން - 11:58

އުސް އިމާރާތްތަކާއި މަގުމަތީގެ ސަލާމަތް ޔަގީންކުރަން ގައުމީ ފެންވަރުގައި މަސައްކަތްކުރަން ރައީސް ގޮވާލައްވައިފި

އުސް އިމާރާތްތަކާއި މަގުމަތީގެ ސަލާމަތް ޔަގީންކުރަން މަސައްކަތްކުރަން ރައީސް ގޮވާލައްވައިފި

3 ދުވަސް ކުރިން - 11:56

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

4 ދުވަސް ކުރިން - 16:54