ހަވާ އެރުވުމާ އެކު ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު މިރޭ ޢާންމުންނަށް ހުޅުވައިލަނީ

އައިޝަތު އީމާން | 8 ގަޑިއިރު ކުރިން - 23 މޭ 2025 14:13
އެމްއެންޑީއެފުން ހަވާ އަރުވަނީ. މިރޭ ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ހަވާ އަރުވާނެ.
އެމްއެންޑީއެފުން ހަވާ އަރުވަނީ. މިރޭ ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ހަވާ އަރުވާނެ.
ޚުލާސާ

ހަވާ އެރުވުން އޮތީ މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގަ.

ހަވާ އެރުވުމާއެކު ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް އަމާޒުކޮށްގެން ބާއްވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު" މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރަސްމީކޮށް ހުޅުވައިލަނީއެވެ. ހަވާ އެރުވުން އޮތީ މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި މަޢުރަޒަކީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މަޢުރަޒެވެ.

މިރޭ 8:30 ގައި ފެށޭ މަޢުރަޒު 11:00 އާ ހަމައަށް ހުޅުވާލެވިފައި ހުންނާނެއެވެ. މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް މަޢުރަޒު ކުރިއަށްދާނެއެވެ. މި މަޢުރަޒު ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު މިދިޔަ އަހަރުގެ މޭ 20 ވަނަ ދުވަހުއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެން އިންތިޒާމުކުރާ މި މަޢުރަޒުގައި ދިވެހިވަންތަ ޘަޤާފީ އުފެއްދުންތަކާއި، ޒަމާނީ ދިވެހި އުފެއްދުންތަކާއި، ހުނަރުވެރި ދިވެހީންގެ ސުމޭކު އުފެއްދުންތަކާއި މުނިފޫހިފިލުވުމުގެ ދާއިރާގެ އުފެއްދުންތައް ފެންނަން ހުންނާނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%