"މައުރިފާ" ފޮތް މައުރަޒު ފަށައިފި

އައިޝަތު ޝިފްނާ ހުސައިން | 96 ދުވަސް ކުރިން - 26 އޯގަސްޓް 2025 20:51
މަޢުރިފާ’ ފޮތް މައރަޒު ހުޅުވަނީ.
މަޢުރިފާ’ ފޮތް މައރަޒު ހުޅުވަނީ.
ޚުލާސާ

މި މައުރަޒުން ޖާގަ ދީފައިވަނީ އެކަމަށް އެދި ހުޅުވާލި ފުރުސަތުގައި އެންމެން ކުރިން ފޯމު ހުށައެޅި ފަރާތްތަކުގެ ތަރުތީބުން.

"މައުރިފާ" ގެ ނަމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބާއްވާ ފޮތް މަޢުރަޒު ފަށައިފި އެވެ.

މި މައުރަޒު ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގަ އެވެ.

ފޮތްތަކުގެ ތެރެއިން ބުއްދީގެ ކާނާ، މި މައުޟޫއުއަށް ބާއްވާ މި މައުރަޒުގެ މަގުސަދަކީ ފޮތް އުފައްދާ ފަރާތްތަކާއި ފޮތް ވިއްކާ ފަރާތްތަކަށް އެ ފަރާތްތަކުގެ ފޮތްތައް ވިއްކުމުގެ ފުރުސަތު ހޯދައިދިނުމާއި ފޮތް ގަންނަން ބޭނުންވާ ފަރާތްތަކަށް އަގުހެޔޮކޮށް ފޮތް ގަތުމުގެ ފުރުސަތު ހޯދައިދިނުމެވެ.

މި މައުރަޒުން ޖާގަ ދީފައިވަނީ އެކަމަށް އެދި ހުޅުވާލި ފުރުސަތުގައި އެންމެން ކުރިން ފޯމު ހުށައެޅި ފަރާތްތަކުގެ ތަރުތީބުންނެވެ. މި މައުރަޒުގައި ތަފާތު އެކި ވައްތަރުތަކުގެ ފޮތްތައް ހިމެނިފައިވާކަން ފާހަގަކޮށްލެވެ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%