އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒުގައި ރަހަމީރު ޝަވަރުމާ ތައްޔާރުކޮށްގެން މަޤްބޫލްކަން ހޯދި ބާބާ ގާޑިޔާއިން މިރޭގެ ސޭލްސްގެ ފަސްޕަސަންޓް ފަލަސްޠީނުގެ ޣައްޒާއަށް ހަދިޔާ ކޮށްފިއެވެ.
މިނިސްޓްރީއޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ މަރިޔަމް މާރިއާ ބާނާ ގާޑިޔާއަށް ވަޑައިގެންނެވުން / ފޮޓޯ: ބާބާ ގާޑިޔާ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމްކުރި މަޢުރަޒުގެ މިރޭގެ އިވެންޓް ފެށުމުގެ ކުރިން ބާބާ ގާޑިޔާއިން ޚުލާޞާގެ ޕްރެޒެންޓަރު އަދި މޯލްޑިވިއަން އައިޑޮލްއިން މަޝްހޫރުކަން ހޯދި ލަވަކިޔުންތެރިޔާ އަމާން އާއި ބައްދަލުކުރައްވައި ބާބާ ގާޑިޔަލުގެ މިރޭގެ ސޭލްސްގެ ފަސްޕަސަންޓް ޣައްޒާއަށް ޙަވާލުކުރާނެ ކަމަށް ބުނެފައިވާކަން ފާހަގަ ކުރެވެއެވެ.
ބާބާ ގާޑިޔާ ގައި ޚުލާޞާގެ ޕްރެޒެންޓަރު އަމާން.
މައުރަޒުގެ ނިމުން ފާހަގަކޮށް ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށް އެހީ ވުމަށް ބާބާ ގާޑިޔާގެ މިރޭ ސޭލްސްގެ %5 އަށްވާ 20000 ރުފިޔާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންއާއި ހަވާލުކުރިއިރު، މި ފައިސާއަކީ ޣައްޒާގެ ރައްޔިތުންނަށް ފައިދާކުރުވަނިވި އެހީއެއްޗެއް ކަމުގައި ވެގެންދާނެ ކަމަށް ބާބާ ގާޑިޔާ އިން އުންމީދު ކުރެއެވެ.