ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ބާބާ އަންނަ ކައުންސިލް އިންތިހާބުގައި ވާދަކުރަން ނިންމައިފި

އައިޝަތު ރުވާ ރިފްޢަތު | 11 ދުވަސް ކުރިން - 19 ނޮވެންބަރު 2025 21:27
ހަސަން އަތީގް (ބާބާ)
ހަސަން އަތީގް (ބާބާ)
ޚުލާސާ

ފޭސްބުކްގައި ބާބާ ކުރި ޕޯސްޓެއްގައި އޭނާ ބުނެފައިވަނީ އޭނާ ވާދަކުރާނީ ފުވައްމުލައް މެދު ދާއިރާ އަށް ކަމަށް.

ލުއި ކާބޯތަކެތި ގާޑިއަލެއްގައި ވިއްކައިގެން މަޝްހޫރުކަން ހޯދަމުންދާ ހަސަން އަތީގް ނުވަތަ "ބާބާ" އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވަން ނިންމައިފި އެވެ.

ފޭސްބުކް އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ބާބާ ބުނެފައިވަނީ އޭނާ ވާދަކުރަން ނިންމާފައިވަނީ ފުވައްމުލައް ސިޓީގެ އުތުރު ދަޑިމަގު ދާއިރާގެ ގޮނޑިއަށް ކަމަށެވެ. އަދި އޭނާ އެވަރުގެ ނިންމުމެއް ނިންމީ ވަރަށް ގިނަ ބައެއްގެ އެދިލެއްވުމުގެ މަތިން ކަމަށް ބާބާ ބުނެފައިވެ އެވެ.

ބާބާ އަކީ ފުވައްމުލަކަށް އުފަން ރައްޔިތެކެވެ. އޭނާ ވާދަކުރަނީ ކައުންސިލް ރައީސަށް ކަމެއް ނުވަތަ މެންބަރު ކަމަށް ކަމެއް ސާފެއް ނޫނެވެ. އޭނާގެ ކެމްޕެއިން ސްލޯގަން އަކީ "އަޅުގަނޑު ބާބާ" މި އެވެ.

ބާބާ އަކީ ދިވެހިންގެ ތެރޭގައި މަގުބޫލު ފަރާތެކެވެ. ގާޑިއަލެއްގައި އެއްޗިސް ވިއްކަމުންދާ އޭނާގެ އެންމެ މަޝްހޫރު އުފެއްދުމަކީ ޝަވަރުމަލެވެ. ދާދި ފަހުން ހުޅުމާލޭގައި އޮތް އެކްސްޕޯއެއްގައި އޭނާ ވަނީ ގާޑިއާ ހިފައިގެން އައިސް އެއްޗިސްތައް ވިއްކައިގެން ބޮޑު އާމްދަނީއެއް ހޯދައި އޭގެން ބޮޑު ބައެއް ފަަލަސްތީނަށް ހަދިޔާ ކޮށްފަ އެވެ.

ބާބާއަކީ އެންމެ ކުރީއްސުރެ ވެސް ޕީއެންސީގެ ފިކުރަށް ސަޕޯޓުކުރަމުން އަންނަ ފަރާތެކެވެ. ނަމަވެސް ކައުންސިލް އިންތިހާބުގައި ވާދަކުރަނީ ކޮން ޕާޓީއަކުން ކަމެއް ނުވަތަ އަމިއްލަ ގޮތުން ކަމެއް ސާފެއް ނޫނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%