ރައީސްގެ ދެކަނބަލުންގެ ޙައްޖުގެ އަޅުކަމަށް ފުރާވަޑައިގެންފި

އުސްތާޛް މުޙައްމަދު ޢަލީ | 1 ދުވަސް ކުރިން - 31 މޭ 2025 10:42
ރައީސްގެ ދެކަނބަލުންގެ ޙައްޖުގެ އަޅުކަމަށް ފުރާވަޑައިިގެންނެވިއިރު، އަޅުކަމާބެހޭ ހުރިހާ ޚަރަދެއް ހަމަޖައްސަނީ ސައުދީ ސަރުކާރުން.
ރައީސްގެ ދެކަނބަލުންގެ ޙައްޖުގެ އަޅުކަމަށް ފުރާވަޑައިިގެންނެވިއިރު، އަޅުކަމާބެހޭ ހުރިހާ ޚަރަދެއް ހަމަޖައްސަނީ ސައުދީ ސަރުކާރުން.
ޚުލާސާ

ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންނާއި އަރިހުގައި ވަޑައިގަންނަވާ ވަފުދުގެ ބޭފުޅުންގެ ހުރިހާ ޚަރަދެއް ބަލަހައްޓަވާނީ ސަޢޫދީ ސަރުކާރުގެ ޚާއްޞަ މެހްމާންދާރީގެ ދަށުން.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންނާއި އަރިހުގައި ވަޑައިގަންނަވާ ވަފުދުގެ ބޭފުޅުންގެ ހުރިހާ ޚަރަދެއް ބަލަހައްޓަވާނީ ސަޢޫދީ ސަރުކާރުގެ ޚާއްޞަ މެހްމާންދާރީގެ ދަށުންނެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން، މާލީ ވަޒީރު މޫސާ ޒަމީރު، ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ ދެކަނބަލުން، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ ދެކަނބަލުން، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ ދެކަނބަލުން އަދި ޗީފް އޮފް ޕްރޮޓޮކޯލް، މުޙައްމަދު ޝަހުދީ ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސްގެ ދެކަނބަލުންނާއި ވަފުދުގެ ބޭފުޅުން ސަޢޫދީ ޢަރަބިއްޔާގައި ތިއްބަވާނީ ސަޢޫދީ ސަރުކާރުގެ ޚާއްޞަ މެހްމާންދާރީގައި ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%